Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންނަށް ކުރާ އަނިޔާ

ބިސްގަނޑު ލިބުން ލަސްވެގެން ވެއިޓަރުގެ ނިތްކުރި ފަޅާލައިފި!

ބިސްގަނޑެއް ލަސްވުމުން ކޭޝިއަރާ ވެސް ޒުވާބުކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 13:01
ބިދޭސީ ވެއިޓަރުގެ ނިތްކުރިން ފަޅާލި ތަން ފަހާފައި

ބިދޭސީ ވެއިޓަރުގެ ނިތްކުރިން ފަޅާލި ތަން ފަހާފައި

ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ބުރުޒު ކެފޭގައި ދިވެއްސަކު އޯޑަރު ދިން ބިސްގަނޑެއް ގެނެއުން ލަސްވެގެން، ތައްޓަކުން ޖަހައި ބިދޭސީ ވެއިޓަރުގެ ނިތްކުރި ފަޅާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ބުރުޒު ކެފޭއަށް ދިޔަ މީހަކު އޯޑަރު ދިން ބިސްގަނޑެއް ލިބުން ލަސްވުމުން ރުޅި ގަދަވެގެން ދިވެހި މީހާ ކޭޝިއަރާ ޒުވާބުކުރި ކަމަށް, މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.

Advertisement - newsAdvertisement

އެއަށްފަހު ބިސްގަނޑު ހިފައިގެން ވެއިޓަރު ދިއުމާއެކު، ބިސްގަނޑު ލައިގެން ގެނައި ތަށިން ޖަހައި، ވެއިޓަރުގެ ވާތު ލޮލާ ދިމާލުން ނިތްކުރިން އިންޗިއެއްހާ ތަން ވަނީ ފަޅާލާފަ އެވެ.

ބިދޭސީ މީހާއަށް ހަމަލާދިން މީހާއާއެކު އޭނާގެ މައިންބަފައިންނާއި، އަނބިމީހާއާއި ކުޑަ ދަރިފުޅު ވެސް އެއިރު އެތަނުގައި ތިބި ކަމަށްވެ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ ވަނީ ފިލައިފަ އެވެ. ފުލުހުން އޭނާ ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އޭނާ ފެނުނު ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

އެކަމާ ގުޅިގެން އެންމެ ފަހުން އޭނާގެ އާއިލާއަށް ވެސް ފުރައިގެން ދެވޭ ގޮތެއް ނުވި އެވެ.

ބުރުޒު ކެފޭގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދިން އިރު، ހާބަރު ސަރަހައްދުގައި ހިންގި ކެފޭއެއްގައި މަސައްކަތް ކުރި ބިދޭސީއަކަށް ހަމަލާދީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަރާލާފައިވެ އެވެ.

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2019

ގެއްލުންލިބުން އާއިލާތަކަށް އައިޑީކާޑު ހަދައިދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޑިޒާސްޓަރ

22 ސެޕްޓެމްބަރު 2019
ގެއްލުންލިބުން އާއިލާތަކަށް އައިޑީކާޑު ހަދައިދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޑިޒާސްޓަރ
18 އެޕްރީލު 2019

އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފުރުސަތު ނުލިބުން: ސްޓޭޓް މިނިސްޓަރު ތޯރިގު

18 އެޕްރީލު 2019
އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފުރުސަތު ނުލިބުން: ސްޓޭޓް މިނިސްޓަރު ތޯރިގު
18 ޖެނުއަރީ 2019

ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމު: ރައީސް ސާލިހު

18 ޖެނުއަރީ 2019
ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމު: ރައީސް ސާލިހު
15 ސެޕްޓެމްބަރު 2018

ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވެއްޖެ

15 ސެޕްޓެމްބަރު 2018
ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވެއްޖެ
03 ސެޕްޓެމްބަރު 2018

ކެންޑިޑޭޓުން ސޮއިކުރަން ޖެހޭ ލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވޭ: މާރިޔާ

03 ސެޕްޓެމްބަރު 2018
ކެންޑިޑޭޓުން ސޮއިކުރަން ޖެހޭ ލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވޭ: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު