Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކަކު 28 ފަހަރު ޖޫރިމަނާ ކުރުން

ލޮކްޑައުންގައި އެންމެ މީހަކު 28 ފަހަރު ޖޫރިމަނާ ކުރި: ޕޮލިސް

28 ފަހަރު ޖޫރިމަނަ ކުރި މީހާ 28000 ރުފިޔާ ދައްކަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖޫން 2020 | ހޯމަ 17:16
ލޮކްޑައުންގެ ތެރޭގައި ބޭރަށް ނުކުމެ އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުން ބަލާ ފާސްކުރަނީ

ލޮކްޑައުންގެ ތެރޭގައި ބޭރަށް ނުކުމެ އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުން ބަލާ ފާސްކުރަނީ

މާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުންގައި މަގުމައްޗަށް ނުކުތުން މަނާކޮށްފައިވާ މުއްދަތުގައި އެންގުމާއި ހިލާފުވި މީހަކު 28 ފަހަރު ޖޫރިމަނާ ކުރެވުނު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ލޮކްޑައުންގައި ފުލުހުންގެ ދައުރު އަދި ދިމާވި ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި އެންމެ މީހަކު 28 ފަހަރު ޖޫރިމަނާ ކުރެވުނު ކަމަށެވެ.

މަގުމައްޗަށް ނުކުތުން މަނާކުރި އިރު، ޖުމްލަ 9361 މީހަކު ޖޫރިމަނާ ކުރިއެވެ. މީގެ ތެރެއިން 8378 މީހަކު ޖޫރިމަނާކުރީ މާލެއިންނެވެ. އަދި ހުޅުމާލެއިން 833 މީހަކު ޖޫރިމަނާ ކުރި އިރު ވިލިމާލެއިން 150 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ލޮކްޑައުންގެ އަމުރާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކޮށްފައިވަނީ 1000 ރުފިޔާއިންނެވެ.

އެހެންކަމުން 28 ފަހަރު ޖޫރިމަނާ ކުރި މީހާ އެކަނި 28،000 ރުފިޔާ ދައްކަން ޖެހެއެވެ. ޖުމްލަ ޖޫރިމަނާ ކޮށްގެން ނުވަ މިލިއަން ތިންލައްކަ ފަސްދޮޅަށް އެއްހާސް ރުފިޔާ ދައުލަތަށް ލިބެން ޖެހެއެވެ.

ސަމީރު ވިދާޅުވީ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ހައްޔަރު ކުރި ހުރިހާ އެންމެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ. ލޮކްޑައުންގެ އަމުރާ ހިލާފުވުމުގެ ސަބަބުން 626 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރެއިން މާލެއިން 576 މީހަކު ހައްޔަރު ކުރެވުނު އިރު، ހުޅުމާލެއިން 47 މީހަކު އަދި ވިލިމާލެއިން 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު