Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޯޝެއާޑް ކިޗެން ފެސިލިޓީ

ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމް ކުރަނީ

މި ފެސިލިޓީ ގާއިމް ކުރަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖޫން 2020 | ހޯމަ 14:46
ޝެއަރޑް ކިޗެން ފެސިލިޓީއެއްގައި ކެއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ޝެއަރޑް ކިޗެން ފެސިލިޓީއެއްގައި ކެއްކުމުގެ މަސައްކަތް ކުރިއަށްދަނީ

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަކޮށްގެން ކޯޝެއާޑް ކިޗެން ފެސިލިޓީއަށް ހުޅުމާލޭގައި ގާއިމް ކުރަން ނިންމައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަކޮށްގެން (ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގަ ތިއްބަވައިގެން ކާބޯތަކެތި އުފައްދާ އަންހެންވެރިންނަށް) އަމާޒުކޮށްގެން ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސްއެމްއީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ހުންނަންޖެހޭ ވަކި ސްޓޭންޑަޑަކަށް ފެތޭގޮތަށް ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުންގޫގުލް ފޯމްމެދުވެރިކޮށް މިކަމަށް ރަޖިސްޓަރ ވުމަށް ދައުވަތުއަރުވާ ކަމަށެވެ. އަދި ފޯމް ލުމުގެ ސުންގަޑިއަކީ 6 ޖުލައި 2020ވާ ހޯމަދުވަހުގެ މެންދުރު 3:00 ކަމަށެވެ.

ކޯ ޝެއަރ ކިޗެން ފެސިލިޓީސްއަކީ ގިނަ ގައުމުތަކެއްގައި ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ. މައިގަނޑު ގޮތެއްގައި މި ފެސިލިޓީސްތައް ބޭނުން ކުރަމުން އަންނަނީ އަމިއްލައަށް މަސައްކަތް ކުރަން ބޭނުންވާ ނަމަވެސް، އެފަދަ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އެފަދަ ކަންތައްތަކެއް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވާ ފަރާތްތަކުންނެވެ. މިއީ ކުދި ވިޔަފާރި އަދި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުން ކުރަމުން އަންނަ ކާމިޔާބު ނިޒާމެކެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
02 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި
17 ޖޫން 2017

މޯލްޑިވްސް ގޭސްއިން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ގާއިމްކޮށްފި

17 ޖޫން 2017
މޯލްޑިވްސް ގޭސްއިން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ގާއިމްކޮށްފި
12 ޖޫން 2017

އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށްފި

12 ޖޫން 2017
އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށްފި
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު