Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް

ފަރިތަކުރުންތަކަށް ނުކުމެވުމުން ކުޅުންތެރިންނަށް އުފާވެރިކަން!

ކުޅުންތެރިން ބުނީ ގިނަ ދުވަސްތަކަކަށްފަހު ފަރިތަކުންތަކަށް ނިކުތުމުން ވަރަށް ވަރުބަލިކަން އިހުސާސްވި ކަމަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 21 ޖޫން 2020 | އާދީއްތަ 07:52
ލޮކްޑައުނަށް ފަހު ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ފަރިތަކުންތަކުގައި

ލޮކްޑައުނަށް ފަހު ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ފަރިތަކުންތަކުގައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ތިން މަސް ދުވަހަށް މެދުކެނޑިފައިވާ ކުޅިވަރުގެ ހަރަކާތްތައް ފެށުމަށް ލުއިތަކެއް ދިނުމާއި ގުޅިގެން، ފުރަތަމަ ފަރިތަކުންތައް ފެށި ޓީމަށް ގައުމީ ކްރިކެޓް ޓީމު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި ސްޕޯޓްސް ކޮމިޝަނުގެ އިރުޝާދާއެކު ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުންތައް ހޮނިހިރު ދުވަހުގެ ހަވީރު ފެށިއިރު، ފުރަތަމަ ދެ ހަފުތާއަށް ކުރިޔަށްދާނީ ފިޒްކަލް ޓްރޭނިންގ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެއެވެ.

ސްޓޭޑިއަމްގެ އައުޓްޑޯ ނެޓްގައި ކުރިޔަށްދިޔަ ފަރިތަކުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު އަފްލާހް ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރިތަކުންތައް ފެށިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ލޮކްޑައުން ފެށުނީއްސުރެން މަސައްކަތް ކުރީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއެކު ކަމަށާއި، ކްރިކެޓް ޓީމުގެ ފަރިތަކުންތައް ފެށިގެން މިދިޔައީ މުޅި ކްރިކެޓް ބޯޑުގެ ބޮޑު ހިއްސާ އަކާއެކު ކަމަށާއި، އޭގެ ތެރޭގައިވެސް ކޯޗާސް ޓީމުގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށް އަފްލާހް ވިދާޅުވިއެވެ.

ކްރިކެޓް ބޯޑު އޮތީ ހުރިހާ ކަމަކަށްވެސް އެންމެ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، މިހާރު އެކުލަވާލާފައިވާ އެސްއޯޕީ އާއެކު މުބާރާތްތައް ފެށުމަށް އެޗްޕީއޭ އާއި ވުޒާރާއިން ހުއްދަދިނުމާއެކު، މުބާރާތްތައް ފެށުމަށްވެސް އޮތީ ތައްޔާރަށް ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

30 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުންތައް ފެށިގެންދިޔައިރު، ފުރަތަމަ ހަފުތާގައި ކުރިޔަށްދާނީ އެއްވެސް ސާމާނެއް ނެތި، ފަސް ކުޅުންތެރިންގެ ގްރޫޕްތަކަށް ފިޒްކަލް ޓްރޭނިންގ ކަމަށް ގައުމީ ޓީމުގެ ސީނިއާ ކޯޗު ނީޝާމް ނާސިރު ބުންޏެވެ. ބޯޅަ ނެތި ކުޅުންތެރިންގެ ފަރިތަކުންތައް ކުރިޔަށް ގެންދިޔުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އަވަސް މުބާރާތެއް ނެތުމުން މި ވަގުތަށް އެއީ މައްސަލައެއް ނޫން ކަމަށް ކޯޗު ފާހަގަކުރިއެވެ. ލޮކްޑައުން ތެރޭގައިވެސް ގިނަ ކުޅުންތެރިން ގޭގައި ފިޒްކަލް ޓްރޭނިންގ ކުރިޔަށްގެންދިޔައިރު، ބައެއް ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނިފައިވަނީ އަނިޔާގައި އުޅުމުން ކަމަށް ކޯޗު ބުންޏެވެ.

ތިން މަސް ދުވަހަށް ފަހު ބައްދަލުވުމުން ކުޅުންތެރިން ބުނީ ގިނަ ދުވަސްތަކެއްގައި ގޭގައި ތިބެން ޖެހުމުން ވަރަށް ބޮޑަށް ފޫހިވެފައިވާ ކަމަށާއި، ކުޅުންތެރިންނާއި ބައްދަލުވުމުން ވަރަށް އުފާވާ ކަމަށެވެ. އައުޓްޑޯ ނެޓްގައި ތިބެ ކުޅުންތެރިން ބުނީ ގިނަ ދުވަސްތަކަށް ފަހު ފަރިތަކުންތަކަށް ނިކުތުމުން ވަރަށް ވަރުބަލިކަން އިހުސާސްވި ނަމަވެސް، ފުރަތަމަ ހަފުތާގައި ލުއި ފަރިތަކުންތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވުމުން، މާ ބޮޑު އުނދަގޫތަކެއް ކުރިމަތި ނުވާނެ ކަމަށެވެ.

މިހާރު އެކުލަވާލާފައިވާ ސްކޮޑަކީ ވަރަށް ވާދަވެރި އަދި އެއް ފެންވަރެއްގެ ކުޅުންތެރިން ހިމެނޭ ސްކޮޑަކަށް ވުމުން ކޮންމެ ކުޅުންތެރިއަކު ވެސް ގިނަ މަސައްކަތްތެއް ކުރަން ޖެހޭނެ ކަމަށާއި، ވަގުތު ފަރިތަކުރުންތައް ފެށުމުން ކޮންމެ ކުޅުންތެރިއަކު ވެސް އެއްމެ ފިޓްކޮށްހުރެ، ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ.

ޖިމް އާއި ފެތުމާއި ދުވުމާއެކު ކުރިއަށްގެންދާ ފިޒިކަލް ފިޓްނަސް ޕްރޮގްރާމު ކުރިއަށްދަނީ ފަސް ކުޅުންތެރިންގެ ގްރޫޕުތަކަށް ބަހާލައިގެން، އެއް ގްރޫޕް ނިމުމުން އަނެއް ގްރޫޕް ފަރިތަކުންތައް ކުރިޔަށްގެންދާ ގޮތަށެވެ. މި ކުޅުންތެރިން ފަރިތަކުންތަކަށް އައުމުން އެ ކުޅުންތެރިންގެ ހުން ހުންނަ ވަރުބަލައި، އެކަން މޮނީޓަރ ކުރަމުންދެއެވެ. ކުޅުންތެރިންގެ ތަމްރީނުތަކަށް ހަ ކޯޗުން ތިބޭއިރު، މިހާރު އެކުލަވާލާފައިވާ 30 ކުޅުންތެރިންގެ ސްކޮޑު މި ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ތަމްރީނުތައް މާލޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކްރިކެޓްގެ ޑިވޮލަޕްމަންޓް ޕްރޮގްރާމް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ފުވައްމުލަކާއި ލ. ކުނަހަންދޫގައި ވެސް ހޮނިހިރު ތަމްރީނުތައް ފަށާފައިވާ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

މި ދެ ރަށުގައިވެސް ތަމްރީނުތައް ކުރިއަށްގެންދަނީ މާލޭގައި ވެސް ކުރިޔަށްގެންދާ އުސޫލުން، އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ގައުމީ ކްރިކެޓް ޓީމު އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމުކޮށްގެން އޮމާނުގައި ބޭއްވި ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގައެވެ.

ފިރިހެން ގައުމީ ޓީމުގެ އިތުރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ކްރިކެޓް ޓީމެއް ވަނީ މިދިޔަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

18 މެއި 2017
މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

17 މެއި 2017
ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

13 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު