Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް ހައްޔަރުކުރުން

ސިފައިންނާއި، ފުލުހުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް: އަބްދުﷲ ރިޔާޒް

ތާއީދު ނެތުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ގޯސްތައް ހައްދަވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 23:25
ސިޔާސީ ބޭފުޅުންތަކަކާއެކުގައި އަބްދުﷲ ރިޔާޒް - ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

ސިޔާސީ ބޭފުޅުންތަކަކާއެކުގައި އަބްދުﷲ ރިޔާޒް - ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

ރައީސް އަބްދުﷲ ޔާމީނަށް، ދިވެހި ސިފައިންނާއި ފުލުހުންގެ އެއްވެސް ތާއީދެއް ނެތްކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަށް ނެތީ ހަމައެކަނި ދިވެހި ރައްޔިތުންގެ ތާއީދު ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް ދިވެހި ފުލުހުންނާއި، ދިވެހި ސިފައިންގެ ތާއީދެއްވެސް ނެތްކަމަށް ރިޔާޒް ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވި އެމަނިކުފަނަށް ފުލުހުންގެ ތާއީދު ނެތްކަން ހާމަވާ އެއް ސަބަބަކީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުދިނުމުގެ ހައްޤު ނިގުޅައިގަތުމަށް މަސައްކަތްކުރައްވާތީ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ހަމަ ކަށަވަރުންވެސް މަޖިލީހުގައި ވަކާލާތުކުރާނަން، ދިފާއުކުރާނަން މި މަސައްކަތް. އަޅުގަނޑު ހަމަ ދިވެހި ސިފައިންނަށްވެސް ފުލުހުންނަށްވެސް އިލްތިމާސްކުރަން ބޭނުން، ތިޔަބޭފުޅުން އެ ހައްޤު ދޫކޮށް ނުލައްވާށޭ. ތިޔަ ބޭފުޅުންނަށް އެއީ މުހިންމު ހައްޤެއް. ކޮންމެ މީހަކު ރައީސްކަމަށް ކުރިމަތިލިކަމުގައިވިޔަސް، ކޮންމެ ޕާޓީއެއް ރައީސްކަމަށް ކުރިމަތިލިކަމުގައިވިޔަސް، ދިވެހި ސިފައިންނާއި ދެތެރޭގައި އެ ކެނޑިޑޭޓަކު ގެންގުޅޭ ސިޔާސަތު އެނގެންޖެހޭނެ." އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނާއި ވާދަކޮށްފާނެ ކޮންމެ މީހަކު ބޭރުކޮށްލުމަށް ކުރައްވާ މަސައްކަތްވެސް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ރާއްޖެދާ މިސްރާބު ބަދަލުކުރަންޖެހޭ ކަމަށާއި، މި ޤައުމުގެ މިސްރާބު ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ 65 އިންސައްތަ ރައްޔިތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދުވެސް ކުރިމަތިލާން. އަޅުގަނޑުމެން ބޭނުންވަނީ، ޖުމްހޫރީ ޕާޓިގެ ލީޑަރަށްވެސް ކުރިމަތިލެވެން. އަދި ޕީޕީއެމުން ކަނޑައަޅާ ކެނޑިޑޭޓަކަށްވެސް ކުރިމަތިލެވެން އަޅުގަނޑުމެން ބޭނުންވަނީ. ދިވެހި ރައްޔިތުންނަށް އޮންނަންޖެހޭނީ އެ ހައްޤު ކާކުކަން ރައީސްކަމަށް އަންނަންޖެހޭނީ. ރައީސަކަށް ހުންނަ މީހެއް ނޫން ބުނާނީ ތިމަންނާއާއި ވާދަކުރާނީ މިވެނި މީހެކޭ." އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މާނަކުރުންވެސް އޮޅިފައިވާކަމަށާއި، ރާއްޖޭގައި ކަންތައްތައް ކުރަނީ ދުނިޔޭގެ ޤައުމުތަކުގައި ކަންތައްތައްކުރާ އުސޫލުން ނޫންކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަނީ އެ ސަބަބާއިހުރެކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދުނުކުރާކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު