Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަލުގައި ވާނުވާ ޖަހާފައި ތިބި ކުޑަކުދިން

ޖަލުގައި ވާނުވާ ޖަހާފައި ތިބި 14 ކުޑަ ކުދިން އެބަތިބި، އެކުދިން ބޮޑެތި ކުށްވެރިންނަށް ވުމުގެ ބިރު އެބައޮތް

މަޖިލީހުގެ ޖެންޑަރ ކޮމިޓީން ޤަވާއިދު ކޮމިޓީއަށް ވަނީ މައްސަލައެއް ފޮނުވާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ޖޫން 2020 | ހުކުރު 16:56
މާފުށީ ޖަލު- މާފުށީ ޖަލުގައި މިވަގުތުވެސް ވާނުވާ ޖަހާފައި ތިބި 12 ކުޑަކުދިން އެބަތިބި

މާފުށީ ޖަލު- މާފުށީ ޖަލުގައި މިވަގުތުވެސް ވާނުވާ ޖަހާފައި ތިބި 12 ކުޑަކުދިން އެބަތިބި

ޖަލުގައި "ވާނުވާ" ޖަހާފައި ތިބި 14 ކުޑަކުދިން އެބަތިބި ކަމަށާއި، އެގޮތަށް ގިނަ ދުވަސްތަކެއް ވެގެންދާނަމަ އެކުދިން ބޮޑެތި ކުށްވެރިންނަށް ވުމުގެ ބިރު އެބަ އޮތް ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފިއެވެ.

ކުޑަކުދިންގެ އަދުލުގެ ޤަވާއިދަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައެއްގައި، އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ ޖަދުވަލުގައި އެ ޤަވާއިދު ހިމެނުމަށް އެދި، މަޖިލީހުގެ ޖެންޑަރ ކޮމިޓީން ޤަވާއިދު ކޮމިޓީއަށް ވަނީ މައްސަލައެއް ފޮނުވާފައެވެ.

އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޑިރެކްޓަރ ފާތިމަތު ރޫނާ ވިދާޅުވީ، މިހާރުވެސް ޖަލުތަކުގައި ވާނުވާ ޖަހާފައި ތިބި 14 ކުޑަކުދިން އެބަތިބި ކަމަށެވެ. އެގޮތުން އޭގެ ތެރެއިން 12 ކުދިން މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނީ އުމުރުން 18 އަހަރު ވުމުން ކަމަށާއި، އެކުދިންނަށް "ރީޗް" ވުމުގައި ދަތިތަކެއް ހުރިކަން ރޫނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ހިންމަފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ 2 ކުދިން ތިބިކަން ފާހަގަ ކުރައްވައި ރޫނާ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 2 ކުދިންވެސް އެބަތިބި ކަމަށެވެ. އަދި އެ ކުދިންގެ މައްސަލަތަކުގައި ގޮތެއް ނުނިމި ދިގު ދެމިގެންދާ ކަމަށާއި، އޭގެ ތެރޭގައި މައްސަލައާމެދު ގޮތެއް ނުނިމި 3 އަހަރާ ގާތްވެފައިވާ ކުދިންވެސް އެބަތިބި ކަމަށް ރޫނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއްވެސް އަޑުއެހުމެއް މިހާތަނަށް ނުބާއްވާ ކުޑަ ކުއްޖަކުވެސް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރައްވައި ރޫނާ ވިދާޅުވީ، އެ ކުދިންގެ މައްސަލަތައް ލަސްވެގެން ދިއުމަކީ އެކުދިން އަނބުރާ މުޖުތަމައަށް ގެނައުމުގައި ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެހާ ދުވަހަށްފަހު އެ ކުދިން ނުކުންނަކީ އިސްލާޙުވުމަށްވުރެ، އިތުރަށް ކުށުގެ ވެއްޓަށް ވަދެވިފައިވާ ބައެއްގެ ގޮތުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމިޓީގައި ޑީޖޭއޭގެ ފަރާތުން ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާ ޒައީމާ ނަޝީދު އަބޫބަކުރުވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒައީމާ ވިދާޅުވީ، މިއީ ގާޒީންގެ މެދުގައިވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ އަމަލުކުރަމުން އައި ޤަވާއިދު (ކުޑަކުދިންގެ މައްސަލަތައް ބަލައި ތަހުޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދު) އަކީ ކުރިންވެސް އެއްވެސް ޤާނޫނަކުން ބާރު ލިބިގެން ހެދިފައިވާ ޤަވާއިދަކަށް ނުވާތީ 6/2008 (އާންމު ޤަވާއިދާބެހޭ ޤާނޫނު) ގެ ދަށުން އޭރު ބާރު ލިބިގެން ހިންގަމުން އައި ޤަވާއިދެއް ކަމަށެވެ.

އެއަށްފަހު 21 މާރޗު 2018 ގައި އެ ޤަވާއިދު އުވާލާފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކުޑަކުދިންނާ ގުޅޭ ތަފްސީލީ އެއްވެސް ބައިތަކެއް ނެތްކަން ޒައީމާ ފާހަގަ ކުރެއްވިއެވެ. އަދި ޤަވާއިދު އުވާލި ހިސާބުން ކުޑަކުދިންގެ މައްސަލަތައް ކުރިއަށް ގެންދާނެ އިތުރު ޤާނޫނީ އޮނިގަނޑެއް ނެތުމުގެ ސަބަބުން 9/1991 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭ ޤާނޫނު)ގެ ދަށުން ކުޑަކުދިންގެ އަދުލުގެ ޤަވާއިދު ފަރުމާކޮށް، އެ ޤަވާއިދަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ނިންމިކަން ފާހަގަ ކުރެއްވިއެވެ.

މިކަމުގެ ހައްލަކާ ގުޅޭގޮތުން ޖުވެނައިލް ކޯޓުގެ ގާޒީންނާ ކުރެވުނު މަޝްވަރާއަށްފަހު 20 ނޮވެމްބަރު 2020 ގައި އަމަލުކުރަން ފަށާ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ އަދުލުގެ ޤަވާއިދު ޤާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ވުޖޫދުގައި އޮންނާނެ ކަމަށް ބާރު ލިބިދޭކަން ޒައީމާ ފާހަގަ ކުރެއްވިއެވެ. އެއާއެކު މިވަގުތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިހާރު އޮތް ޤަވާއިދަށް އަމަލު ކުރެވިދާނެ ކަން ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއެކު ވުޖޫދުވި "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު" ގައި 9/91 އުވިގެންދާނެ ކަން ބަޔާންކޮށްފައި ވުމާއެކު، އެ ޤަވާއިދަށް ޢަމަލު ކުރަމުންދާނަމަ ވުޖޫދުގައި ނެތް ޤަވާއިދަކަށް ޢަމަލު ކުރާކަމުގެ ދިފާއު ދިފާއަށް ނެގިދާނެ ކަމުގެ ކަންބޮޑުވުން އޮތްކަން ޒައީމާ ފާހަގަ ކުރެއްވިއެވެ. ޒައީމާ ވިދާޅުވީ، އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަވެސް ކޯޓުގެ މަތީ މަރުޙަލާއަށް ދިއުމުން ޤާނޫނު މާނަ ކުރުމުގެ މަރުޙަލާ އަންނާނެ ކަމަށާއި، އެއާއެކު ބުނެވިދިޔަ ގޮތަށް ޤާނޫނު މާނަ ކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ޤަވާއިދު ޑްރާފްޓް ކުރިއިރުވެސް، ކުޑަކުދިންގެ އަދުލުގެ ބިލު ވުޖޫދުގައި އޮތް ކަމަށާއި، ޤަވާއިދު ޑްރާފްޓް ކުރީ އެ ބިލުގައި ބަޔާންކޮށްފައިވާ މަފްހޫމުތަކަށް ރިއާޔަތް ކޮށްގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޤާނޫނުގެ ބައެއް މާއްދާތަކާ ފުށުއަރާ ބައިތައް ޤަވާއިދުގައި ހިމެނޭކަން ފާހަގަ ކުރައްވައި ޒައީމާ ވިދާޅުވީ، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު އެއްކަމެއްގެ ގޮތުގައި ފާހަގަވާ ކަމަށެވެ.

އެ މައްސަލަ ދިރާސާ ކުރަމުންދިޔައިރު، ކޮމިޓީން ވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ހުރި ބައެއްކަހަލަ މާއްދާތައް އަވަސް ކުރުމާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ ސިޓީއެއްގެ މައުލޫމާތު ކޮމިޓީގައި ހިއްސާ ކޮށްފައިވާއިރު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބައެއް ކަހަލަ މާއްދާތައް އަވަސް ކުރުމަށް ޑީޖޭއޭއިން އެދިފައިވާކަން ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ރައްޔިތުން "ވާނުވާގައި"

ރައްޔިތުން "ވާނުވާގައި"

29 މެއި 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު