Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އޮސަސޫނާ އަތުން އެތުލެޓިކޯ މޮޅުވި މެޗުގައި އޮބްލަކް ރެކޯޑެއް ހަދައިފި

އޮބްލަކް ވަނީ ބައިކޮޅަށް ލަނޑެއް ނުވައްދާ 100 މެޗު ހަމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ޖޫން 2020 | ބުރާސްފަތި 10:04
އޮސަސޫނާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް

އޮސަސޫނާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް

ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ މެޗުގައި އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް ރެކޯޑެއް ހަދައިފިއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއެކު އޮބްލަކް ވަނީ ބައިކޮޅަށް ލަނޑެއް ނުވައްދާ 100 މެޗު ހަމަކޮށް ރެކޯޑް ހަދާފައެވެ.

މި މެޗު ފަށައިގެން އެތުލެޓިކޯއިން އޮސަސޫނާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސްއެވެ.

މި ލަނޑާއެކު އޮސަސޫނާއިން ކުރިއަށް ޖެހި އެތުލެޓިކޯގެ ގޯލަށް ވަނީ ނުރައްކާ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސަސޫނާގެ ރޮބާޓޯ ޓޮރޭސް ވަނީ ނުރައްކާތެރި ހަމަލާއެއް އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އެތުލެޓިކޯއިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ލީޑު ފުޅާކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފެލިކްސްއެވެ.

އަދި އެތުލެޓިކޯއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި މާކޯ ލޮރެންޓޭ ކާމިޔާބުކޮށްދިންއިރު، މެޗުގެ 82 ވަނަ މިނެޓުގައި އެތުލެޓިކޯގެ އަލްވާރޯ މޮރާޓާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގައި އެތުލެޓިކޯއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރަސްކޯއެވެ.

މި ނަތީޖާއާއެކު އެތުލެޓިކޯއިން ވަނީ ސްޕެނިޝް ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެތުލެޓިކޯއަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް 29 މެޗުން 64 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އޮތީ ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު