Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިންގެ އަތުން އިތުރު ފީތައް ނެގުން

ފަތުރުވެރިންގެ އަތުން އިތުރު ފީއެއް އަދި ޓެކްސްއެއް ނުނެގުމަށް ފާސްކޮށްފި

17 ޖޫން 2020 | ބުދަ 09:48

ކޮމެޓީ ރިޕޯޓްގައި ކޮވިޑް ޓެސްޓްގެ ގޮތުގައި 8 ޑޮލަރު ކޮންމެ ފަތުރުވެރިއެއް، ހޭދަކުރާ ކޮންމެ ރެއަކަށް ނެގުމަށް ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ޖޫން 2020 | ބުދަ 09:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މިހާރު ނަގަމުންދާ ޓެކްސްތަކާއި ފީތައް ފިޔަވައި، އިތުރު ޓެކްސްއެއް އަދި އިތުރު ފީއެއް ފަތުރުވެރިންގެ އަތުން ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީގެ ޖަލްސާގައި މިގޮތަށް ނިންމީ، އިގްތިޞާދީ ކޮމެޓީން ދިރާސާކުރި، މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން (އެމްއެސްޓީޖީ)ގެ ފުރަތަމަ ދެލިކޮޕީ އާގުޅޭ ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅައި، އެ އިސްލާހާއެކު ކޮމެޓީ ރިޕޯޓަށް ވޯޓަށް އަހައިގެންނެވެ.

Advertisement - newsAdvertisement

ކޮމެޓީ ރިޕޯޓަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ އިސްލާހުގައި ވިދާޅުވެފައިވަނީ، ކޮމެޓީ ރިޕޯޓުގައިވާ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ބޮލަކަށް ކޮންމެ ބެޑް ނައިޓްއަކަށް ޓޫރިޒަމް ކޮވިޑް ޓެކްސްގެ ގޮތުގައި، ކަމާގުޅޭ ޤާނޫނުގެ ދަށުން، 8 އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރަށް ހުށަހެޅުމަށް އޮތްއޮތުން އުނިކުރުމަށެވެ. އަދި ކޮވިޑް-19 ރޯގާގެ ކުރިން ފަތުރުވެރިން އައުމަށާއި ފްލައިޓްތައް ޖެއްސުންފަދަ ކަންކަމަށް ނަގަމުންއައި ފީއެއް އަދި ޓެކްސްއެއްގެ އިތުރުން، އެއްވެސް ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށެވެ. އަދި ކަރަންޓީން ނުވެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް ޒިޔާރާތްކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސުމަށެވެ.

އަސްލަމްގެ އެހުށަހެޅުން މަޖިލީހުން ފާސްކުރީ 55 މެމްބަރުންގެ އިއްތިފާގުން ނެވެ. އަދި އަސްލަމްގެ އެ އިސްލާހާއެކު ކޮމެޓީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 59 މެމްބަރުންގެ އިއްތިފާގުން ނެވެ.

ކޮމެޓީގެ އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމާއެކު، ގިނަ މެމްބަރުން ވަނީ، ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ހީނަރު ވެފައިވާ މިދަނޑިވަޅުގައި، ފަތުރުވެރިންގެ ރާއްޖެއަށް ޒިޔާރަތްކުރުން ޝައުގުވެރިކަން އިތުރުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން މުހިއްމުކަމުގެ މައްޗަށް ބަހުސް ކުރައްވާފަ އެވެ. އެގޮތުން ފަތުވެރިންގެ އަތުން ގިނަ ފީތަކެއް މިދަނޑިވަޅުގައި ނެގުމަކީ ފަރުވެރިކަމަށް ނޭދެވޭ އަސަރުކާރުނެ ކަމެއްކަމަށް ވެސް މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި ރިޕޯޓަކީ ވަރަށް މުހިއްމު އަދި މިއަދުން މިއަދަށްވެސް ނިންމަންޖެހޭ ރިޕޯޓެއްކަމަށްވާތީ، މި ރިޕޯޓާމެދު މެމްބަރުންގެ މެދުގައި ހިޔާލު އެއްގޮތްކޮށް، މެމްބަރުންނަށް ފެންނަ ހިޔާލެއް ހުށަހެޅުއްވުމަށެވެ. ކޮމެޓީގެ އެރިޕޯޓާ ގުޅިގެން، އިތުރު އިސްލާހުތަކެއް މަޖިލީހުގެ މެމްބަރުން ހުށަހަޅުއްވަމުން ގެންދަވާތީ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، މުޅި މަޖިލިސް ކޮމެޓީއަކަށް ގޮސް، މި ރިޕޯޓަށް އިސްލާހު ހުށަހެޅުމަށާއި ބަހުސް ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. މަޖިލީހުގައި އެކަމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އެގައިޑްލައިނާ ގުޅޭގޮތުން ކޮމެޓީ ރިޕޯޓްގައި ބުނެފައިވަނީ، ޓޫރުޒަމް މިނިސްޓްރީން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން (އެމްއެސްޓީޖީ)ގެ ފުރަތަމަ ދެލިކޮޕީގެ ބަދަލުގައި މިހާރު މަޝްވަރާ ކުރެވެމުންދަނީ ތިންވަނަ ދެލިކޮޕީއާމެދު ކަމަށް ޓޫރިޒަމް މިނިސްޓްރީބް މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން، ކޮމެޓީން ފާސްކޮށްފައިވަނީ، އަލުން ފަތުރުވެރިކަން ހުޅުވާލުމަށް އެކުލަވާލާއި ގައިޑްލައިންގައި އިގްތިޞާދީ ކޮމެޓީން ނިންމާފައިވާ ނިންމުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހު، އެގައިޑްލައިން އެކުލަވާލުމަށް ސަރުކާރަށް ލަފާ ދިނުމަށެވެ.

އިގްތިޞާދީ ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މާފަންނު މެދު ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހިއްސާ ކުރައްވާފައިވާ ހިޔާލުތައް ޓޫރިޒަމް މިނިސްޓްރީއަށް ހިއްސާކުރުމަށްވެސް އިގްތިޞާދީ ކޮމެޓީގެ ރިޕޯޓްގައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް