Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކައުންޓިންގ ދާއިރާގެ ވެބިނަރ

އެކައުންޓިންގ ދާއިރާގައި ހުރި ފުރުސަތުތަކަށް އަލިއަޅުވާލުމަށް ޚާއްސަ ވެބިނާއެއް ބާއްވަނީ

މި ވެބިނާގައި އެކައުންޓިންގ ދާއިރާގައި ގިނަ އަހަރުތަކަކަށް ޚިދުމަތް ކުރައްވާފައިވާ އަދި ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ބޭކަނބަލުން ބައިވެރިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖޫން 2020 | ބުދަ 03:53
އަންހެން ބޭކަނބަލުންގެ ތަޖުރިބާގެ އަލީގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ވެބިނާ އޮންނާނީ ބުރާސްފަތި ދުވަހު

އަންހެން ބޭކަނބަލުންގެ ތަޖުރިބާގެ އަލީގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ވެބިނާ އޮންނާނީ ބުރާސްފަތި ދުވަހު

ދިވެހިރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފުންނާބު އުސް އަންހެން ބޭކަނބަލުންގެ ތަޖުރިބާގެ އަލީގައި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދަރިވަރުންނަށް ހާއްސަކޮށްގެން މި ޕްރޮފެޝަންއާބެހޭ މައުލޫމާތު ދިނުމަށް ޚާއްސަ ވެބިނާއެއް ބޭއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިންސްޓްޓިއުޓް އޮފް އޮޑިޓް އެންޑް އެޝޫރެންސްއިން އިންތިޒާމް ކޮށްގެން ބާއްވާ މި ވެބިނާގައި އެކައުންޓިންގ ދާއިރާގައި ގިނަ އަހަރުތަކަކަށް ޚިދުމަތް ކުރައްވާފައިވާ އަދި ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ބޭކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ވެބިނާގައި އެ ބޭކަނބަލުންގެ ތަޖުރިބާ އާއި މަސައްކަތުގެ މާޙައުލުގައި ކުރިމަތިވި ގޮންޖެހުންތައް ހިއްސާ ކުރެވިގެން ދާނެއެވެ. އަދި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އަލަށް ދާއިރާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްކަތަށް ހުރި ފުރުސަތުތަކަށް އަލި އަޅުވާލެވިގެން ދާނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 8:30ން 10:00ށް ބާއްވާ މި ވެބިނާގައި ސަރުކާރުގެ މިނިސްޓްރީތަކާއި އޮޑިޓް ފާމްތަކުގެ އިތުރުން ކުންފުނިތަކުގެ އެކައުންޓިންގ ދާއިރާގެ މަތީ މަޤާމްތަކުގައި ތިއްބެވި ތަޖުރިބާކާރު އަންހެން ބޭކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މިއީ އެ އޮފީހުން ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި، އެކައުންޓެންޓުންނާއި އޮޑިޓަރުން އަދި މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސީރީޒްގެ އެންމެ ފަހު ވެބިނާއެވެ. މީގެ ކުރިން މި ސީރީޒްގެ 8 ވެބިނާއެއް ވަނީ ބާއްވާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު