Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ޔޫކްރެއިންގެ ހާލަތު

ޔޫކްރެއިންގެ ރައީސްގެ އަނބިކަނބަލުން ކޮވިޑް-19ށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

މިދިޔަ ހަފުތާގައި ޒެލެންސްކާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖޫން 2020 | އަންގާރަ 13:34
ޔޫކްރެއިންގެ ރައީސް އާއި އަނބިކަނބަލުން އެކުގައި

ޔޫކްރެއިންގެ ރައީސް އާއި އަނބިކަނބަލުން އެކުގައި

ޔޫކްރެއިންގެ ރައީސްގެ އަނބިކަނބަލުން އަލީނާ ޒެލެންސްކާ ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ޔޫކްރެއިންގެ ރައީސް އޮފީހުން ބުނީ އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެގައުމުގެ ރައީސް ކޮވިޑް-19ށް ކުރެއްވި ޓެސްޓު ނެގެޓިވް ވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިދިޔަ ހަފުތާގައި ޒެލެންސްކާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފިރިކަލުން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އާއި ދެ ދަރިކަލުން ކޮވިޑް-19ށް ނެގެޓިވް ކަމަށްވެސް ވިދާޅުވި އެވެ. އެއާއެކު ރައީސްގެ ހުރިހާ ބައްދަލުވުންތަކެއް ވަނީ ކެންސަލް ކުރައްވާފައެވެ.

އަލީނާ ޒެލެންސްކާއަށް ކޮވިޑް-19 ގެ އަސަރު އެހާ ބޮޑަށް ނުކުރާ ކަމަށާއި، އޮކްސިޖަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ. އަލީނާ ވައިރަހަށް ޕޮޒިޓިވްވުމާއި ގުޅިގެން ވަނީ އައިސޮލޭޓްކޮށް، ކައިރިން މޮނިޓަރ ކުރަން ފަށާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫކްރެއިން ލޮކްޑައުން ކޮށްފައިވަނީ މާޗު މަހުގެ މެދުތެރޭގައެވެ. އެއާއެކު އެގައުމުގައި ވައިރަސް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އަދި މެއި މަހުގެ ތެރޭގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިތައް ދޭންފަށާފައެވެ. އެގޮތުން ރެސްޓޯރެންޓްތަކާއި ޖިމް އަދި ޕަބްލިކް ޓްރާންސްޕޯޓް ހުޅުވާލާފައިވާއިރު، ޖޫން މަހުގެ 15ން ފެށިގެން އެގައުމުން ވަނީ ފްލައިޓުތައް އުދުހެން ފަށާފައެވެ.

އެހެން ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެގައުމުގައި ވަނީ ކޭސްތައް ފެންނަ މިންވަރު މައްޗަށް ޖެހިލާފައެވެ. ސަރުކާރުން ބުނެފައިވަނީ ވައިރަސް ފެތުރޭ މިންވަރު މައްޗަށް ޖެހިފައިވަނީ އާންމުން ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދޭތީ ކަމަށެވެ.

ޖޫން މަހުގެ 16 ވަނަ ދުވަހާ ހަމައަށް ޔޫކްރެއިންގައި ވަނީ 32،476 (ތިރީސް ދެހާސް، ހަތަރުސަތޭކަ ހަތްދިހަ ހަ) މީހުން ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި 912 (ނުވަސަތޭކަ ބާރަ) މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

21 އޯގަސްޓު 2017
ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
12 އޯގަސްޓު 2017

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ

12 އޯގަސްޓު 2017
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ
15 ޖުލައި 2017

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

15 ޖުލައި 2017
މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި
23 ޖޫން 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި

23 ޖޫން 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
21 މެއި 2017

ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!

21 މެއި 2017
ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު