Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުން

ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި

16 ޖޫން 2020 | އަންގާރަ 10:06

އިނދާރީ އޮނިގަނޑަށް އައި ބަދަލުތަކަށް ޖޫން 14 ވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖޫން 2020 | އަންގާރަ 10:06
ފުލުހުންގެ ހެޑްކުއާޓާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ، ފުލުހުންގެ އޮނިގަނޑަށް ބަދަލު ގެނެސް މިހާރު ދަނީ އަމަލު ކުރަމުން

ފުލުހުންގެ ހެޑްކުއާޓާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ، ފުލުހުންގެ އޮނިގަނޑަށް ބަދަލު ގެނެސް މިހާރު ދަނީ އަމަލު ކުރަމުން

ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓް ދަރަޖައަށް ބަދަލުކޮށް، ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ނަމުގައި ބަހާއެއް އުފައްދައި، ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

ފުލުހުންގެ މުއައްސަސާގެ އިދާރާ ހިންގުމުގެ އޮނިގަނޑަށް މި ބަދަލުތައް ގެނެސްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމުގެ އޯޑަރަށް 3 ވަނަ އިސްލާހު ގެނެސް އެބަދަލުތައް ފާސްކުރުމާއި ގުޅިގެންނެވެ. އޯޑަރަށް ގެނައި އިސްލާހާއެކު އިނދާރީ އޮނިގަނޑަށް އައި ބަދަލުތަކަށް ޖޫން 14 ވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މިގެނައި މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ކުރިން ސްޕެލިސްޓް ސަޕޯޓް ޑައިރެކްޓްރޭޓްގެ ދަށުން އޮތް ފޮރެންސިކް ސަރވިސަސް އެ ޑައިރެކްޓްރޭޓް ދަށުން އުނިކޮށް، ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ދަރަޖައިގައި އުފައްދައި، ފޮރެންސިކް ސަރވިސަސް ގެ މަސައްކަތްތައް ތަރުތީބުކޮށް، ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ތަރުތީބުކުރުން ކަމަށެވެ.

ފުލުހުން ބުނީ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ނަމުގައި ވިންގުގެ ދަރަޖައިގައި ބަހާއެއް އުފައްދައި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމުގައި ކުރަމުން އައި މަސައްކަތްތައް ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، އިތުރު ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ވަނީ އުފައްދާފައިވާ ކަމަށެވެ. އެގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓްތަކަކީ ފެމިލީ އެންޑް ޗައިލްޑް ޕްްރޮޓެކްޝަން، ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންސް ޑިޕާޓްމަންޓް ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ އިތުރުން ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގަކީ ކުޑަކުދިންނާ މެދު ބޮޑެތި މީހުން ހިންގާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ޑޮމެސްޓިކް ވަޔަލެންސް އާއި ޖެންޑަރ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާ މެދު ކުރެވޭ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާއި މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރާ ޑިޕާޓްމަންޓްތައް ވިލަރެސްކުރުމާއި އެޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއެކު ޕްރޮޖެކްޓާއި ޕްރޮގްރާމްތައް ހިންގުމާއި މޮނިޓަރކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ ގޮތުން އުފައްދާފައިވާ ވިންގެކެވެ.

މި ވިންގުގެ ދަށުން އުފައްދާފައިވާ ޑިޕާޓްމަންޓްތަކުގެ ތެރެއިން ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަކީ ކުޑަކުދިންނާ މެދު ހިންގޭ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ކުޑަކުދިިންގެ މައްސަލަތަކާއި ޗައިލްޑް އެކްސްޕޮލައިޓޭޝަނާއި ކުޑަކުދިންނަށް ބިރު ދެއްކުމުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ އިތުރުން ކުޑަކުދިިންގެ ހައްގުތަކުގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމެވެ.

ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓަކީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުދިންނަށް ކައުންސިލިންގ ހޯދައި ދިނުމާއި ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަންއަށް ކުދިން ފޮނުވުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ކުދިންގެ ހާލަތު އެމުއައްސަސާތަކާ ގުޅިގެން ބަލައި މޮނީޓަރ ކުރުމާއި އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކުގައި އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.

ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާއި ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ އެހެން ބަދަލުތަކަށް ބަލާއިރު، ކްރއިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް އިންވެސްޓިގޭޝަން ޑެވެލޮޕްމަންޓް ޔުނިޓެއް އުފެއްދުމާއި ވިކްޓިމް ސަޕޯޓްގެ ނަމުގައި އޮތް ބަހާ "ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް" ގެ ނަމުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ވިކްޓިިމް ސަޕޯޓް ޑިޕާޓްމަންޓަކީ ކުށުގެ ޝިކާރައަކަށް ވެފައިވާ ނުވަތަ ކުށުގެ ސަބަބުން އަނިޔާއެއް ނުވަތަ ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތްތަކަށް އެހީތެރިވުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ހިދުމަތްތައް ސިއްރު ހިފެހެއްޓުމާއެކު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޑިޕާޓްމަންޓެކެވެ. އަދި ކުށެއްގެ ޝިކާރައަކަށް ނުވި ނަމަވެސް އެއްވެސް މައްސަލައަކާ ގުޅިގެން އެމައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ހާލަތެއްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ބަދަލުގެ އިތުރުން ދެން ހިމެނެނީ ހިއުމަން ޓްރެފިކިންގ ނަމުގައި އޮތް ބަހާ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ ނަމުގައި ސީރިއަސް އޯގަނައިޒް ކްރައިމްވެސް ވިންގުގެ ދަށަށް ބަދަލުކޮށްފައެވެ. މީގެއިތުރުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ސީރިއަސް އޯގަނައިޒްޑް ކްރައިމްވެސް ވިންގުގެ ދަށަށް ބަދަލުކޮށް، ވިކްޓިމް ސެންޓަރޑް އެންޑް ވޮލިއުމް ކްރައިމްސް ވިންގު ވަނީ އުވާލާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް