Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގެ މައްސަލަ

ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމާއި ގުޅޭ މައްސަލައާއި ގުޅިގެން ހުށަހެޅުނު ގަރާރުގެ ފުރަތަމަ ކިއުން އިއްވައިފި

ފުލުހުން ބުނެފައިވަނީ އިންޓަރޕޯލް އިން މި މައްސަލަ ބަލަމުންދާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ޖޫން 2020 | އަންގާރަ 06:14
ގަރާރު ހުށަހެޅުއްވި މެމްބަރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

ގަރާރު ހުށަހެޅުއްވި މެމްބަރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާއި ގުޅިގެން ހުށަހެޅުނު ގަރާރުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ގަރާރުގެ ފުރަތަމަ ކިއުން އިއްވާފައެވެ.

Advertisement - newsAdvertisement

ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިޢުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަން ހިނގައިގޮސްފައިވާގޮތް ބަލައި ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްޓަކައި މި ގަރާރު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ އެވެ.

މެމްބަރު ހުށަހެޅުއްވި މި ގަރާރުގައި ވަނީ ކޮސޯވޯގެ މިނިވަންކަން ދިވެހި ރާއްޖޭގެ ފަރާތުން ޤަބޫލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަހީދު ބޭރުގެ ބައެއް ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން، 2009 ވަނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އެ މައްސަލަ ތަޙުޤީޤު ކޮށްދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގަވާފައިވީ ނަމަވެސް އެ މައްސަލައިގެ ތަޙުޤީޤު މުޅިން ފުރިހަމަކޮށް، ސާފު ސީދާ ނިންމުމެއް ނުވަތަ ފިޔަވަޅެއް އަޅާފައިވާކަން މިހާތަނަށް އައިއިރު ރައްޔިތުންނަށް އެނގިފައި ނުވާކަމަށް ވެސް މެމްބަރުގެ ގަރާރުގައިވެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2009 ވަނަ އަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ އިންޓަރޕޯލް މެދުވެރިކޮށް އެކަން އިތުރަށް ތަޙުޤީޤު ކުރެވެމުން ދާކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން މިއަދާއި ހަމައަށް 10 އަހަރު ފާއިތުވެފައިވާއިރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރަސްމީ ސިފައެއްގައި އެ މުއައްސަސާ ހިންގުމާއި ގުޅޭ ޤަވާޢިދުތަކުގެ ތެރެއިން މި ތަޙުޤީޤާއި ގުޅިގެން ޢަމަލުކޮށްފައިނުވާކަމަށެވެ.

މެމްބަރު ނަޝީދު ވިދާޅުވެފައިވަނީ މި މައްސަލައިގެ ޙަޤީޤަތްތައް މަޖިލީހަށާއި އަދި ދިވެހި ރައްޔިތުންނަށް އޮޅުން ނުފިލައި އޮތް މައްސަލައަކަށްވެފައި މި މައްސަލައާއި ގުޅިގެން ތަޙުޤީޤީ އިދާރާތަކުން އެކަށީގެންވާގޮތެއްގައި ޢަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ މުޢައްސަސާގެ އިޖުރާޢަތްތަކުގެ ތެރެއިން މިކަން ތަޙުޤީޤުކޮށް ނިންމި ކަމުގައިވިޔަސް އެކަމުގައި ޝާމިލުވާ ފަރާތްތަކާއިމެދު ޖިނާއީ ދަޢުވާއެއް އުފުލަންޖެހޭ މުއްދަތު މިހާރު ފަހަނަޅައިގޮސްފައިވާ ކަމަށާއި އެމައްސަލައިގެ ތަހުގީގު އެ ސަރވިސްގެ ތެރެއިން ގެންދިޔުމުގެ ބޭނުން ވެސް މިހާރު ކެނޑިފައިވާކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން މި މައްސަލަ އާއި ގުޅިގެން މިހާރު ކުރެވެންއޮތް މަސައްކަތްތަކަކީ ހަމައެކަނި މަޖިލީހުގެ ތެރެއިން މި މައްސަލަ ހިނގައި ގޮސްފައިވާގޮތް ބަލައި އެކަމާއި ގުޅިގެން ނިހާއީ ޖަވާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ދެކޭ ކަމަށް ވެސް ގަރާރުގައި ވެއެވެ. އަދި މިފަދަ ނޭދެވޭ ޢަމަލުތަކާއިމެދު އިތުރަށް ފާރަވެރިވެވިދާނޭ ގޮތްތައް ބަލައި އެފަދަ ކަންކަންއެކަން ހުއްޓުވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަކީ މުހިންމު ކަމެއްކަމަށާއި ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ބަލައި ގަތުމާއިމެދު މި ސަރުކާރުން، ބައިނަލް އަޤްވާމީ އެންމެހައި ޤާނޫނުތަކާއި އުސޫލުތަކަށް ރިޢާޔަތް ކޮށް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި އޮންނަ އޮތުން އަލުން މުރާޖަޢާކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު