Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮބާމަޔަން އާސެނަލްގައި މަޑުކުރުން

އާސެނަލްގައި މަޑުކުރުމާ މެދު ގޮތެއް ނިންމުމަކީ ކެރިއަރުގެ އެންމެ މުހިއްމު ނިންމުން: އޮބަމަޔަން

އޮބަމަޔަންގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ޖޫން 2020 | ހޯމަ 12:47
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން: އާސެނަލްގެ އެއްބަސްވުން އާކޮށްފައެއް ނުވޭ

އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން: އާސެނަލްގެ އެއްބަސްވުން އާކޮށްފައެއް ނުވޭ

އާސެނަލްގައި މަޑުކުރުމާއިމެދު ގޮތެއް ނިންމުމަކީ ކެރިއަރުގެ އެންމެ މުހިއްމު ނިންމުން ކަމަށް އެޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބަމަޔަން ބުނެފިއެވެ.

ގެބޮންއަށް އުފަން އުމުރުން 30 އަހަރުގެ އޮބަމަޔަން ހޯދުމަށް ޗެލްސީ އާއި ބާސެލޯނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޮބަމަޔަން މި ވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އާސެނަލުން އޮބަމަޔަންއަށް އައު އެއްބަސްވުމެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ. އެހެންކަމުން މި ސީޒަނަށްފަހު އޮބަމަޔަން ވިއްކާލަން އާސެނަލުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން އޮބަމަޔަން ބުނީ، އާސެނަލްގައި މަޑުކުރުމާއިމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. އަދި އެ ނިންމުން ވެގެންދާނީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު ނިންމުމަށް ކަމަށް ބުންޏެވެ. މީގެ ކުރިން ގެބެނީސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ޕިއޭ އެލައިން މޯންގުއެންގިއު ވަނީ އާސެނަލްގައި އޮބަމަޔަން ފެއިލްވަމުންދާތީ ކްލަބު ބަދަލުކުރަން ގޮވާލައްވާފައެވެ.

އޮބަމަޔަން ހޯދަން ޗެލްސީ އާއި ބާސާއިންވެސް މަސައްކަތް ކުރަމުން އަންނައިރު، މިފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޮބަމަޔަން ހޯދަން ބާސާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އޮބަމަޔަންއަށް ބާސާއިން އަދިވެސް ޝައުގުވެރިވާ ކަމަށާއި، މި ސީޒަން ނިމުމުން އޮބާމަޔަން ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 63 މިލިއަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބަމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 96 މެޗުގައި 61 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު