Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

ކޮވިޑް-19އާއެކު މަޖިލީހުގެ މަސައްކަތްތަކަށް މަޑުޖެހުމެއް، ފުރަތަމަ ދައުރުގައި ނިންމުނީ 40 އިންސައްތަ މަސައްކަތް

ފުރަތަމަ ދައުރު 42 ޖަލްސާއެއް ވަނީ ބާއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 ޖޫން 2020 | ހޯމަ 13:51
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ކޮވިޑް-19 މަރޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފެނުމާއެކު ގައުމަށް އައި މަޑުޖެހުމުގެ އަސަރު މަޖިލީހުގެ މަސައްކަތްތަކުންވެސް ވަނީ ފެނިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ފެށިއިރު ފުރަތަމަ ދައުރުގެ ޖަލްސާތައް މަޖިލީހުން ނިންމާލާފައިވަނީ ދައުރު އިތުރު އެއް މަސްދުވަހަށް ދިގު ދައްމާލުމަށްފަހުއެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ފުރަތަމަ ދައުރު ކުރިޔަށްދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަސް ނިމެންދެންނެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މަޖިލީހުގެ މަސައްކަތްތަކަށް ވެސް ކުރިމަތިވި މަޑުޖެހުންތަކާއެކު މެއި މަހު ޗުއްޓީއަށް ނުގޮސް އެ މަހުގައި މަސައްކަތްކުރުމަށްފަހު ޖޫން މަހު ދެ ވަނަ ދައުރުގެ ޖަލްސާތައް ވަނީ ފަށާފައެވެ.

ޖުމްލަ 42 ޖަލްސާ ފުރަތަމަ ދައުރުގައި ބާއްވާފައިވާއިރު މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ޖަލްސާތައް ހިމެނެއެވެ. މަރޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވެބް ކޮންފަރެންސް މެދުވެރިކޮށް 17 ޖަލްސާއެއް ވަނީ ބާއްވާފައެވެ. މަޖިލީހުގެ އިދާރާގައި 22 ޖަލްސާ އެއް ވަނީ ބާއްވާފައެވެ. ވެބް ކޮންފަރެންސް ޖަލްސާތަކުގައި 51 ގަޑިއިރާއި 40 މިނެޓް މެމްބަރުން ހޭދަކުރައްވާފައެވެ. މުޅި ޖުމްލަ ފުރަތަމަ ދައުރު ތެރޭގައި 1068 ފަހަރު މެމްބަރުން ވާހަކަދައްކަވާފައި ވެއެވެ.

ފުރަތަމަ ދައުރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހޯމަ ދުވަހު މަޖިލީހުގެ އިދާރާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކަށް ކޮންމެސް ވަރެއްގެ މަޑުޖެހުމެއް އައި ކަމަށެވެ.

އެންމެ މުހިންމު މަސައްކަތްތެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރުތައް ދެނެގަތުމަށް މަޖިލީހުގެ ކޮމިޓީތަކުން ކުރިޔަށް ގެންދިޔަ މަސައްކަތްތަކެވެ. އެ މަސައްކަތްތައް މިހާރު ނިމި ރައީސަށް މިކަމާއި ގުޅިގެން މަޖިލީހުން ދެކޭގޮތް ވަނީ އަރުވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި މަޖިލީހުން ދެކޭގޮތްތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވާފައިވާ ކަމަށެވެ.

ބިލްތައް:

ފުރަތަމަ ދައުރަށް އަލަށް ހުށަހެޅި ބިލްތައް : 13 ބިލް

މިދިޔަ ދައުރުން އައި ބިލްތައް: 28 ބިލް

ޖުމްލަ : 41 ބިލް

ނިމުނު: 4 ބިލް

މަސައްކަތް ކުރިޔަށްދާ: 37 ބިލް

ޤަރާރު:

ފުރަތަމަ ދައުރަށް އަލަށް ހުށަހެޅި : 13 ގަރާރު

ކުރީ ދައުރުން އައި: 15 ގަރާރު

ޖުމްލަ : 28 ގަރާރު

ނިމުނު: 8 ގަރާރު

މަސައްކަތް ކުރިޔަށްދާ: 20

ސަރުކާރުން ހުށަހެޅި މައްސަލަ:

ޖުމްލަ : 12 މައްސަލަ

ނިންމި: 9

މަސައްކަތް ކުރިޔަށްދާ: 3

ރިޔާސަތުން ހުށަހަޅާ މައްސަލަ:

ޖުމްލަ : 13

ނިންމި: 5

މަސައްކަތް ކުރިޔަށްދާ: 8

ކުއްލި މައްސަލަ:

ޖުމްލަ : 6 މައްސަލަ

ހުރިހާ މައްސަލައެއް ނިމިފައި

މެމްބަރުން ހުށަހެޅުއްވި: 1 މައްސަލަ ، ނިމިފައި

އެހެނިހެން މައްސަލައިގެ ރިޕޯޓް:

ޖުމްލަ: 20 ރިޕޯޓް

ނިމުނު: 11 ރިޕޯޓް

މަސައްކަތް ކުރިޔަށްދާ: 9 ރިޕޯޓް

ވަޒީރުންނާ ސުވާލުކުރުން:

ހުށަހެޅި ސުވާލު: 26 ސުވާލު

ނިމުނު: 15 ސުވާލު

ނުނިމޭ: 11 ސުވާލު

ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިނގަމުންދާ އެންމެ މުހިންމު މަސައްކަތަކީ އެންމެ ކުޑައުޖޫރަ ކަނޑައެޅުމާއި، ފުލުހުން ޚިދުމަތުގެ ބިލާއި، މަތީ ތައުލީމަށް ގެނެވޭ އިސްލާހާއި ވަޒީފާ ހޯދުމަށް އުޅޭ ފަރާތްތަކަށް ދެވޭ އިނާޔަތާއި ގުޅޭ އިސްލާހުގެ މަސައްކަތްތައް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

01 ޖެނުއަރީ 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު