Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޓީނިއޯ ލިވަޕޫލަށް ބަދަލުވުން

ލިވަޕޫލަށް ބަދަލުވާން ކުޓީނިއޯ ބޭނުންވޭ: ރިޕޯޓު

15 ޖޫން 2020 | ހޯމަ 08:50

ކުޓީނިއޯ ނުގަންނަން ބަޔާނުން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޖޫން 2020 | ހޯމަ 08:50
ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ: ލިވަޕޫލަށް އަލުން ބަދަލުވާން އޭނާ ބޭނުންވޭ

ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ: ލިވަޕޫލަށް އަލުން ބަދަލުވާން އޭނާ ބޭނުންވޭ

ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސެލޯނާގެ ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބު، ލިވަޕޫލަށް ބަދަލުވާން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާން މިއުނިކަށް ކުޅެމުން އަންނަނީ ބާސެލޯނާގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަން ނިމުމުން ބަޔާންގެ ލޯނު އެއްބަސްވުން ހަމަވާއިރު، ބަޔާނުން ބޭނުންވެއްޖެނަމަ ކުޓީނިއޯ ދާއިމީކޮށް 110 މިލިއަން ޕައުންޑަށް ގަނެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. އެކަމަކު ބަޔާނުން ވަނީ ކުޓީނިއޯ ނުގަންނަން ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލޯނު އެއްބަސްވުން ހަމަވުމުން، އަންނަ ސީޒަނުގައި ކުޓީނިއޯ ބާސާއަށް އަލުން ބަދަލުވާނެއެވެ. އެކަމަކު ބާސާއިން އޭނާ ވިއްކާލާނެ ކަމަށް ބެލެވޭއިރު، އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން އަންނަނީ ކުޓީނިއޯ ގަތުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ކުޓީނިއޯގެ އޭޖެންޓް ވަނީ އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާން ކުޓީނިއޯ ބޭނުންވާ ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާގޮތުން އަންނަ ސީޒަނުގައި ކުޓީނިއޯ ބޭނުންވަނީ އަލުން ލިވަޕޫލަށް ބަދަލުވާށެވެ. އަދި އެކަމަށްޓަކައި މަސައްކަތް ކުރަން ކުޓީނިއޯ ވަނީ އޭނާގެ އޭޖެންޓްގެ ކިބައިން އެދިފައެވެ.

އެކަމަކު އަލުން ކުޓީނިއޯ ލިވަޕޫލާ ގުޅުމުގެ ފުރުސަތެއް އޮތްތޯ ތަކުރާރުކޮށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ އެކި އިންޓަވިއުތަކުގައި ނޫސްވެރިން ސުވާލުކުރުމުންވެސް އޭނާ ވަނީ އެ ފުރުސަތު އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.

ލިވަޕޫލުން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ. އަދި ވަނީ ލިވަޕޫލަށް ކުޅެދިން 201 މެޗުގައި 54 ލަނޑު ޖަހާފައެވެ. އެކަމަކު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އެގޮތުން ކުޓީނިއޯ ބާސާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ލަނޑެވެ. އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ބަދަލުވިއިރު، އެ ޓީމުގައިވެސް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް