Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުތުފީ ފިލި މައްސަލައިގެ ޝަރީއަތް

ލުތުފީއަށް ގާނޫނީ ވަކީލެއް އައްޔަން ކުރަން 10 ދުވަސް ދީފި

14 ޖޫން 2020 | އާދީއްތަ 08:30

ގާނޫނީ ވަކީލެއް އައްޔަން ކުރަން 10 ދުވަސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 ޖޫން 2020 | އާދީއްތަ 08:30
ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ- އޭނާ ރާއްޖެ ގެނައި ދުވަހު އެއާޕޯޓް ތެރެއިން ނަގާފައިވާ ފޮޓޯއެއް

ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ- އޭނާ ރާއްޖެ ގެނައި ދުވަހު އެއާޕޯޓް ތެރެއިން ނަގާފައިވާ ފޮޓޯއެއް

ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ ފިލި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާއަށް ގާނޫނީ ވަކީލަކާއެކު އެމައްސަލާގައި ކުރިއަށް ދިއުމުގެ ފުރުސަތު ދީފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ފުލުފީ ފިލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ އަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް މިމައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ދެއްވާފަ އެވެ. އަދި ލުތުފީއަށް ގާނޫނީ ވަކީލެއް ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށް އަންގަވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިމައްސަލަ ތާވަލް ކޮށްފައިވަނީ، އާދިއްތަ ދުވަހުގެ 11:00 އަށެވެ. އަދި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ، ކ. މާފުށީ ޖަލުގައި ހުރި ލުތުފީ މާލެ ގެނައުމުގެ ބަދަލުގައި، މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގައި އިންވައި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލު ވެސް ކޯޓަށް ވަޑައިގަތުގެ ބަދަލުގައި، ގޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެހުންނެވި، ގާޒީ އަލީ ރަޝީދު ހުސައިން ވަނީ، އާދިއްތަ ދުވަހުގެ އަޑުއެހުމުން ފެށުމުގެ ގޮތުން، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ލުތުފީ ދެކޮޅު ހަދަންތޯ ލުތުފީ ކުރެން ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި އޭނާ ބުނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވާފައިވަނީ، ދެން އޮންނަ އަޑުއެހުމުގައި ލުތުފީގެ މައްޗަށް ކުރާ ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެކަން އިއުލާން ކުރެއްވުމަށް ފަހުގަ އެވެ.

ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީ، 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް ފިލި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވަނީ "މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ" އެވެ. މި ދައުވާ ލުތުފީގެ މައްޗަށް އުފުލާފައިވަނީ މިއަހަރުގެ މާރޗު މަހުގެ 2 ވަނަ ދުވަހުއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ލުޠުފީ އިސްވެ ހުރެ ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމް ކުޑަ ޢުދުވާނީ ޙަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ.

އެ ޙަމަލާއާ ގުޅިގެން ލުޠުފީ މަރަން ޙުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކުރިއެވެ. ލުޠުފީ ފިލައިގެން ދިޔައީ، ރައީސް ނަޝީދުގެ ސަރުކާރުގައި ބޭސް ފަރުވާއަށް ޤައުމުން ބޭރަށް ފޮނުވާލުމުންނެވެ. އޭގެފަހުން ވެރިކަމަށް އަރާވަޑައިގެންނެވި މުޙައްމަދު ވަހީދު ހަސަންމަނިކާއު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ލުޠުފީ ހޯދާ ރާއްޖެ ގެނެވިފައެއް ނުވެއެވެ.

އޭނާ ރާއްޖެ ގެނައީ ލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކުގައި، މުޅި ލަންކާ، އެޤައުމުގެ ސިފައިން ބަލާފަސްކުރުމުގެ ތެރެއިން، އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ ޙަވާލުވުމުން ނެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ޙުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް މާފުށީ ޖަލަށް ފޮނުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް