Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަފްރީދީ ކޮވިޑް-19ށް ޕޮޒިޓިވްވުން

ޕާކިސްތާންގެ އަފްރީދީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

އަފްރީދީ ކުރި ޓްވީޓެއްގައި އޭނާ ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވިކަން ހާމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ޖޫން 2020 | ހޮނިހިރު 09:07
ޕާކިސްތާންގެ ކުރީގެ ކުޅަދާނަ އޯލްރައުންޑާ ޝާހިދު އަފްރީދީ: ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި

ޕާކިސްތާންގެ ކުރީގެ ކުޅަދާނަ އޯލްރައުންޑާ ޝާހިދު އަފްރީދީ: ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި

ޕާކިސްތާންގެ ކުރީގެ ކުޅަދާނަ އޯލްރައުންޑާ ޝާހިދު އަފްރީދީ ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެ އެވެ.

ހޮނިހިރު ދުވަހު އަފްރީދީ ކުރި ޓްވީޓެއްގައި އޭނާ ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އޭނާ ބުނީ ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ބަލިވެ އުޅޭ ކަމަށާއި، އެހެންކަމުން ކުރި ޓެސްޓުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ޓްވީޓުގައި އަފްރީދީ ވަނީ އޭނާއަށް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައެވެ.

ޕާކިސްތާންގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަފްރީދީ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ކޮށްފައިވަނީ 21 އަހަރަށް ފަހު 2017 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އުމުރުން މިހާރު 40 އަހަރުގެ އަފްރީދީ ވަނީ 2010 ވަނަ އަހަރު ޓެސްޓް ކްރިކެޓުން ރިޓަޔާ ކޮށްފައެވެ. އަދި 2015 ވަނަ އަހަރު ވަންޑޭ އިންޓަނޭޝަނަލް ކުޅުން ހުއްޓާލުމަށް ފަހު 2016 ވަނަ އަހަރު އޭނާ ވަނީ ޕާކިސްތާންގެ ޓްވެންޓީ20 ޓީމުގެ ކެޕްޓަން ކަމުން ވެސް އިސްތިއުފާ ދީފައެވެ.

އަފްރީދީ އަކީ 2009 ވަނަ އަހަރު އައިސީސީ ވޯލްޑް ޓްވެންޓީ20 މުބާރާތް ކާމިޔާބުކުރި ޕާކިސްތާން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާއެވެ.

ޕާކިސްތާން ގައުމީ ޓީމަށް އަފްރީދީ ފުރަތަމަ މެޗެއް ކުޅުނީ 1996 ވަނަ އަހަރު އެވެ. އޭނާ ވަނީ ކެރިއަރުގައި 27 ޓެސްޓް މެޗާއި 398 ވަންޑޭ އިންޓަނޭޝަނަލް މެޗުގެ އިތުރުން 98 ޓްވެންޓީ20 ބައިނަލްއަގުވާމީ މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ ބައިނަލްއަގުވާމީ ކްރިކެޓްގައި 500ށް ވުރެން ގިނަ ވިކެޓް ނަގާފައެވެ.

ޕާކިސްތާންގެ އަފްރީދީ ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، ކޮވިޑް-19 އަންނަނީ އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުން 132،400 ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، މި ވައިރަސް ޖެހިގެން އެ ގައުމުން 2،551 މީހަކު ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު