Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ އާއި ސުއަރޭޒް ފިޓްވުން

ފުރަތަމަ މެޗަށް މެސީ އާއި ސުއަރޭޒް ފިޓްވެއްޖެ

13 ޖޫން 2020 | ހޮނިހިރު 08:15

މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވި ނަމަވެސް، މިހާރު ވަނީ ފިޓްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖޫން 2020 | ހޮނިހިރު 08:15
ދާދި ފަހުން ބާސާއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން މެސީ އާއި ސުއަރޭޒް

ދާދި ފަހުން ބާސާއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން މެސީ އާއި ސުއަރޭޒް

ސްޕެނިޝް ލީގު އަލުން ފަށާއިރު، ބާސެލޯނާ އިން ކުޅޭ ފުރަތަމަ މެޗަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފިޓްވެއްޖެއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނދާލި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާފައިވާއިރު، ބާސާއިން ފުރަތަމަ މެޗެއް ކުޅޭނީ ހޮނިހިރު ދުވަހުގެރޭއެވެ. މި މެޗުގައި ބާސާ ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.

މީގެ ކުރިން ބާސާއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އުމުރުން 32 އަހަރުގެ މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުން، ބާސާ ކުޅޭ ފުރަތަމަ މެޗަށް އޭނާ ފިޓްވެދާނެ ކަމާމެދު ސުވާލު އުފެދުނެވެ. މީގެ ކުރިން ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާ ވެފައިވާ ކަމަށާއި، އިތުރަށް ރިސްކު ކުޑަ ކުރުމަށް ޓީމާ ވަކިން ހާއްސަ ކަސްރަތުތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެކަމަކު އޭގެ ފަހުން މެސީ ވަނީ ބާސާގެ ކުޅުންތެރިންނާއެކު ތަމްރީނު ކޮށްފައެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މީގެ ކުރިން އޮޕަރޭޝަނެއް ކޮށްފައިވާއިރު، މިހާރު އޭނާ ވަނީ އެއްކޮށް ފިޓްވެފައެވެ. ސުއަރޭޒް އެންމެ ފަހުން ބާސެލޯނާއަށް ކުޅެދިން މެޗަކީ ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ބާސެލޯނާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ޖެނުއަރީ މަހު ސުއަރޭޒްއަށް އަނިޔާވިއިރު، މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސުއަރޭޒް އަންނަނީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުގައި ސުއަރޭޒް ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، މިއީ ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވި ކިކޭ ސެޓިއެންއަށް ސުއަރޭޒް ބޭނުން ކުރަން ލިބޭނެ ފުރަތަމަ މެޗެވެ.

މަޔޯކާ މެޗުގެ ކުރިން ސެޓިއެން ބުނީ މެސީ ހުރީ ކުޅެން ތައްޔާރުވެފައި ކަމަށާއި އޭނާގެ ހާލަތު ބަރާބަރު ކަމަށެވެ. އަދި ފުރަތަމަ އެގާރައިގައި ސުއަރޭޒް ހިމެނިދާނެ ކަމަށާއި އެކަމަކު ފުރިހަމަ 90 މިނެޓު ނުކުޅެވިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް ތިން މަހަށް ފަހު އަލުން ސްޕެނިޝް ލީގު ފަށާފައިވާއިރު، ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓު ހޯދާފައިވާ ރެއާލް މެޑްރިޑެވެ. އަދި ތިން ވަނައިގައި 28 މެޗުން 50 ޕޮއިންޓާއެކު އޮތީ، ބުރާސްފަތި ދުވަހުގެރޭ ރެއާލް ބެޓިސް އަތުން 2-0 އިން މޮޅުވި ސެވިއްޔާ އެވެ.

މެދުކެނޑުމަށްފަހު ސްޕެނިޝް ލީގުގައި ބާސާއިން ކުޅޭ ފުރަތަމަ މެޗުގައު މަޔޯކާއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް