Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ކަޕް

އިޓަލީގައި ފުޓްބޯޅަ އަލުން ފަށައިފި، ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

ކޮވިޑް-19 އާ ގުޅިގެން އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލީ މާޗު މަހުގެ ނުވަވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ޖޫން 2020 | ހޮނިހިރު 01:55
ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި

ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު ހުކުރު ދުވަހުގެރޭ އަލުން ފެށިއިރު، އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލީ މާޗު މަހުގެ ނުވަވަނަ ދުވަހު އެވެ. އިޓާލިއަން ލީގުގެ ކުރިން އިޓާލިއަން ކަޕްގެ ކުޅުން ފެށިއިރު، ފައިނަލަށް މި މުބާރާތް 13 އަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް ދަތުރުކުރީ ހުކުރު ދުވަހުގެރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އޭސީ މިލާނާ 0-0 ން އެއްވަރުވެ، އެގްރިގޭޓް ނަތީޖާގައި އަވޭ ލަނޑުން ކުރި ލިބުމުންނެވެ. މީގެ ކުރިން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މިލާނުގެ ދަނޑުގައި ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗު ނިމުނީ 1-1 ން ދެޓީމު އެއްވަރުވެގެންނެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ޔުވެންޓަސްއިން ވަނީ ގިނަ ހަމަލާތަކެއް އޭސީ މިލާނުގެ ގޯލަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ ފަހުންވެސް ޔުވެންޓަސްއިން ވަނީ މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ފުރަތަމަ ހާފުގައި އޭސީ މިލާނަށް އެންމެ ބޮޑު މާޔޫސްކަމެއް ގެނުވީ އެ ޓީމުގެ އެންޓި ރަބިޗަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ޔުވެންޓަސް ކުޅުންތެރިން ކުރަމުން ގެންދިޔަ ވަރުގަދަ އެޓޭކްތަކުގެ ހުރަހަކަށްވީ އޭސީ މިލާނުގެ ވަރުގަދަ ޑިފެންސެވެ.

މިލާން ކަޓުވާލާ ޔުވެންޓަސް ފައިނަލަށް ދަތުރުކުރިއިރު، އިޓާލިއަން ކަޕްގެ ފައިނަލްގައި ޔުވެންޓަސް ވާދަކުރަންޖެހޭ ޓީމެއް ކަށަވަރުވާނީ ހޮނިހިރު ދުވަހުގެރޭ ނާޕޮލީ އާއި އިންޓަ މިލާން ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗަށް ފަހުގައެވެ. ދެވަނަ ލެގަށް މި ދެޓީމު ނުކުންނައިރު، ނާޕޮލީން ވަނީ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އިންޓަ ބަލިކޮށްފައެވެ.

ކޮވިޑް-19 ށްފަހު އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް އަލުން ފެށިއިރު، މީގެ ކުރިން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ޖަރުމަން ލީގާއި ސްޕެނިޝް ލީގު ވަނީ ފަށާފައެވެ. އިޓާލިއަން ލީގުގެ ކުޅުން އަލުން ފެށުމަށް ތާވަލުކޮށްފައި އޮތީ މި މަހުގެ 20 ވަނަ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު