Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފޭސްބުކް ފްލެކްސް

ހިލޭ ބޭނުންކުރެވޭ "ފޭސްބުކް ފްލެކްސް" އުރީދޫއިން ރާއްޖެއަށް ތައާރަފްކޮށްފި

11 ޖޫން 2020 | ބުރާސްފަތި 16:19

މި ޚިދުމަތް ތައާރަފް ކުރެވިފައިވަނީ އެކަކު އަނެކަކާ މުއާމަލާތްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ހުރިހާ ކަސްޓަމަރުންވެސް ގުޅުވާލަދިނުމުގެ ގޮތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޖޫން 2020 | ބުރާސްފަތި 16:19
އުރީދޫން އަލަށް ފެށި ފޭސްބުކް ފްލެކްސް؛ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ބޭނުންކުރެވޭނެ

އުރީދޫން އަލަށް ފެށި ފޭސްބުކް ފްލެކްސް؛ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ބޭނުންކުރެވޭނެ

ހިލޭ ބޭނުންކުރެވޭ ފޭސްބުކް ވަރޝަން، 'ފޭސްބުކް ފްލެކްސް' އުރީދޫ އާއި ފޭސްބުކް ގުޅިގެން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ އަމާޒާއި އެއްގޮތުގެ މަތިން، ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލަދީ، ޑިޖިޓަލް މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއިން ދަނީ ކުރަމުންނެވެ. އެގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އާއި ފޭސްބުކްގެ ޕާރޓްނާޝިޕްގެ ދަށުން ހިލޭ ބޭނުންކުރެވޭ ފޭސްބުކް ވަރޝަން، "ފޭސްބުކް ފްލެކްސް" އުރީދޫން ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސޯޝަލް ނެޓްވޯރކިންގް ވެބްސައިޓް ކަމަށްވާ ފޭސްބުކް އާއި ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް މި ޚިދުމަތް ތައާރަފް ކުރެވިފައިވަނީ އެކަކު އަނެކަކާ މުއާމަލާތްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ހުރިހާ ކަސްޓަމަރުންވެސް ގުޅުވާލަދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ މޯބައިލް ޑޭޓާގެ ޚިދުމަތް ބޭނުންކުރައްވާ ކޮންމެ ފަރާތަކަށްވެސް، ހިލޭ ބޭނުންކުރެވޭ ފޭސްބުކް އަދި ފޭސްބުކް މެސެންޖާ ގެ "ފްރީ މޯޑް" ބަޓަންއަށް ފިތާލުމުން ހިލޭ ބޭނުންކުރެވޭނެ ކަމަށެވެ. އަދި މޯބައިލް ފޯނު ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް "ފްރީ ފޭސްބުކް ޑޮޓް ކޮމް" މެދުވެރިކޮށް މިޚިދުމަތް ބޭނުންކުރެވޭއިރު، އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ފޭސްބުކް އަދި ފޭސްބުކް މެސެންޖަރ އެޕްލިކޭޝަން މެދުވެރިކޮށް ފޭސްބުކްގެ ހިލޭ ވަރޝަން ބޭނުންކުރެވޭނެ ކަމަށެވެ.

ފޭސްބުކް ފްލެކްސް ގެ ޚިދުމަތާއިއެކު އާދައިގެ މޯބައިލް ފޯން ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖަރ ގެ ބޭސިކް ޚިދުމަތް ފޯނު މެދުވެރިކޮށް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އުރީދޫ ކަސްޓަމަރުންނަށް ފޭސްބުކްގެ ފްރީ ވަރޝަން، "ފޭސްބުކް ފްލެކްސް" މެދުވެރިކޮށް ޕޯސްޓްކޮށް، ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް އަދި ޓެކްސްޓް ބޭސްޑް ކޮންޓެންޓް މިހާރު ބްރައުޒް ކުރެވޭނެއެވެ.

މީގެ އިތުރުން ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ރައްޓެހިންނާއި އާއިލާގެ ހާލު އަހުވާލު ބަލާލާ މުޅިން ހިލޭ ޗެޓް ކޮށްލެވޭނެއެވެ. ފޮޓޯ އަދި ވީޑިއޯ ހިމެނޭ ޕޯސްޓްތައް ބަލާލުމަށް، ބޭނުންވާ ޕޯސްޓްއަށް ފިތާލުމުން ޑޭޓާއަށް ޗާރޖް ކުރެވޭނެ ކަމުގެ މެސެޖެއް ޕޮޕްވާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އެ މޯޑަށް ފިތާލުމުން ފޭސްބުކް ގެ ފުލް ވަރޝަން އަށް ބަދަލުވެގެންދާނެ ކަމަށާއި، ފޭސްބުކް ފްލެކްސްއިން ފުލް ވަރޝަން އަށް ބަދަލުކޮށްލުމުން، ގެންގުޅުއްވާ ޑޭޓާ ޕްލޭން ނުވަތަ ސޯޝަލް މީޑިއާޕްލޭންއިން އާދައިގެ މަތިން ޑޭޓާއަށް ޗާރޖް ކުރެވިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

02 ސެޕްޓެމްބަރު 2017
ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
14 ޖުލައި 2017

އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

14 ޖުލައި 2017
އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
17 އެޕްރީލު 2017

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް