Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެޑޭރާއަށް އަނިޔާވުން

އަނިޔާގެ ސަބަބުން ފެޑޭރާއަށް މި އަހަރު ދެން ނުކުޅެވޭނެ

11 ޖޫން 2020 | ބުރާސްފަތި 12:38

ފެޑެރާއަށް އަނިޔާވީ މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގެ ތެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ޖޫން 2020 | ބުރާސްފަތި 12:38
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ: އޭނާއަށް މިއަހަރު ނުކުޅެވޭނެކަން ވަނީ ޔަގީންވެފައި

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ: އޭނާއަށް މިއަހަރު ނުކުޅެވޭނެކަން ވަނީ ޔަގީންވެފައި

ކަނާތު ކަކުލަށް ލިބުނު އަނިޔާއިން ފަރުވާ ހޯދަމުން އަންނަ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާއަށް މިއަހަރު ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

މި ވަގުތު ދުނިޔޭގެ ހަތަރަވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި ފެޑެރާގެ ކަނާތު ކަކުލަށް އަނިޔާވެފައިވާއިރު، އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާކަން ފެޑެރާ ވަނީ ހާމަކޮށްފައެވެ. ފެޑެރާއަށް އަނިޔާވީ މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލް މެޗުގައި ނޮވަކް ޖޮކޮވިޗް އަތުން ބަލިވި މެޗުގައެވެ. އޭގެ ފަހުން ފެޑެރާ އަންނަނީ ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންނެވެ.

ފެޑެރާ ކުރި ޓްވީޓެއްގައި ބުނީ، ކަކުލަށް ލިބުނު އަނިޔާއިން އަދި އެއްކޮށް ރަނގަޅުނުވާ ކަމަށާއި، އަނިޔާއިން ރަނގަޅުވެ އެއްކޮށް ފިޓުވާން ވަގުތު ނަގާނެ ކަމަށެވެ. އެހެންކަމުން އަނިޔާގެ ސަބަބުން މިއަހަރު ދެން ނުކުޅެވޭނެ ކަމަށާއި، އެކަމަކު އަންނަ އަހަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށް ފެޑެރާ ވަނީ ބުނެފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޓެނިސް މުބާރާތްތައް މެދުކަނޑާލާފައިވާއިރު، އޮގަސްޓް މަހަށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ވަނީ ތާވަލުކޮށްފައެވެ. އަދި މިދިޔަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ފްރެންޗު އޯޕަން ޓެނިސް މުބާރާތް މިހާރު ވަނީ އަންނަ ސެޕްޓެމްބަރު މަހަށް ތާވަލުކޮށްފައެވެ. މި ދެ މުބާރާތުގައި ވެސް އަނިޔާގެ ސަބަބުން ފެޑެރާއަށް ނުކުޅެވޭނެއެވެ.

ފެޑެރާއަށް މި އަހަރު ނުކުޅެވޭނެކަން ޔަގީންވިއިރު، އުމުރުން 38 އަހަރުގެ ފެޑެރާ ވަނީ ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ފިރިހެން ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ ހޯދާފައެވެ. އޭނާ މި ލިސްޓުގެ އެއްވަނަ ހޯދީ ފާއިތުވި އަހަރެއްހާ ދުވަހު 106.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް