Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެވަޓަން ދަނޑުގައި ކުޅެން ހުއްދަ ދިނުން

އެވަޓަން ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ހުއްދަދީފި

އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ޖޫން 2020 | ބުރާސްފަތި 09:52
ލިވަޕޫލާއި އެވަޓަން މީގެ ކުރިން މި ސީޒަނުގައި ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި އެވަޓަން މީގެ ކުރިން މި ސީޒަނުގައި ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަނުން ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު، އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުމުގެ ހުއްދަ ދީފި އެވެ.

ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅޭ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން ނިންމި ނަމަވެސް، ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ، އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވާ ގިނަ ކަންތައްތަކެއް ހިނގައިފާނެ ކަމަށް ފެންނާތީ އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ފަސް މެޗެއް "ނިއުޓްރަލް" ދަނޑެއްގައި ކުޅެން ލަފާދީފަ އެވެ.

އެ ފަސް މެޗަކީ އެވަޓަން އާއި ލިވަޕޫލް ކުޅޭ މެޗާއި، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗާއި، މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ކުޅޭ މެޗާއި، މެންޗެސްޓަރ ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗުގެ އިތުރުން ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން ލިވަޕޫލްގެ ޑާބީ މެޗު، ސަލާމަތީ ސަބަބުތަކަށްޓަކައި އެހެން ދަނޑަކަށް ބަދަލުކުރަން ވާހަކަ ދެކެވުނު ނަމަވެސް، ބުދަ ދުވަހު ލިވަޕޫލްގެ ސޭފްޓީ އެޑްވައިޒަރީ ގްރޫޕުންނާއި ފުލުހުން އަދި ޕްރިމިއާ ލީގުން ބޭއްވި މަޝްވަރާތަކަށް ފަހު ނިންމީ އެވަޓަން ދަނޑުގައި އެ މެޗު ކުޅޭ ގޮތަށެވެ.

މީގެ ކުރިން ލިވަޕޫލްގެ ދަނޑުގައިވެސް މެޗުތައް ކުޅެން އެ ސިޓީގެ މޭޔަރު ޖޯ އެންޑަސަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ލީގުގެ ބާކީ ހުރި މެޗުތައް ލިވަޕޫލްގެ ދަނޑުގައި ކުޅުނަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މާޗު މަހު މެދުތެރޭގައި މެދުކަނޑާލި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން 25 ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލަށް ލީގު ކަށަވަރުކުރަން ބޭނުންވަނީ ހަ ޕޮއިންޓެވެ. އެކަމަކު މި މަހު 17 ވަނަ ދުވަހު އަލުން ލީގު ފަށާ މެޗުގައި މެންޗެސްޓާ ސިޓީ އަތުން އާސެނަލް މޮޅުވެއްޖެނަމަ، 21 ވަނަ ދުވަހު އެވަޓަން ބަލިކޮށް ލިވަޕޫލަށް 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ޔަގީންކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު