Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީއާރުޕީގެ ދަރަނީގެ މައްސަލަ

ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލަ، ފައިސާ ދެއްކުން ނޫންގޮތެއް ނެތް!

11 ޖޫން 2020 | ބުރާސްފަތި 07:32

ޑީއާރުޕީން އެމްޓީސީސީން ހޯދާފައިވާ ހިދްމަތްތަކުގެ އަގުގެ ގޮތުގައި 1،111،438.96ރ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ޖޫން 2020 | ބުރާސްފަތި 07:32
ޑީއާރުޕީގެ މިހާރުގެ ލީޑަރ އަބްދުﷲ ޖާބިރު - އެދަރަންޏަކީ، ޑީއާރުޕީއާ ޖާބިރު ހަވާލުވުމުގެ ކުރިން އޮތް ދަރަންޏެއް، އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޑީއާރުޕީގެ ކުރީގެ ލީޑަރޝިޕުން

ޑީއާރުޕީގެ މިހާރުގެ ލީޑަރ އަބްދުﷲ ޖާބިރު - އެދަރަންޏަކީ، ޑީއާރުޕީއާ ޖާބިރު ހަވާލުވުމުގެ ކުރިން އޮތް ދަރަންޏެއް، އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޑީއާރުޕީގެ ކުރީގެ ލީޑަރޝިޕުން

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީއަށް ދައްކަންޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް، އިސްތިއުނާފް ކުރުމުގެ ފުރުސަތު ދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޑީއާރުޕީން އެމްޓީސީސީން ހޯދާފައިވާ ޚިދުމަތްތަކުގެ އަގުގެ ގޮތުގައި ދަންކަންޖެހޭ 1،111،438.96 (އެއްމިލިއަން އެއްލައްކަ އެގާރަހާސް ހަތަރު ސަތޭކަ ތިރީސްއަށް ރުފިޔާ ނުވަދިހަ ހަލާރި) ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ބުނެފައިވަނީ، ހައިކޯޓުގެ ހުކުމެއް އިސްތިއުނާފް ކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ބުނާފަދަ ސަބަބެއް، ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާކަމަށެވެ. އެހެންކަމުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.

އެގޮތުން ސުޕްރީމް ކޯޓުން ބޭއްވި އިބްތިދާއީ އަޑުއެހުމަށްފަހު ބުދަ ދުވަހު ނިންމާފައިވާ ނިންމުމުގައި ވަނީ، ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް އެދި ހުށައަޅާފައިވާ ނުކުތާތަކަށް ބަލާއިރު އިސްތިއުނާފު ކުރަން ފުރުސަތު ދޭން ޖެހޭ ފަދަ ނުކުތާތަކެއް ހުށައަޅާފައިނުވާކަމަށެވެ. އަދި މިމައްސަލައިގައި ޤާނޫނީ ބަހުސެއްއޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައި ނުވާތީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.

މިނިންމުން ނިންމާފައިވަނީ މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

މިމައްސަލައަކީ އިސްތިއުނާފްކުރުުގެ ހުއްދައަށް އެދި ޑީއާރުޕީން ހުށަހެޅި މައްސަލަ އެކެވެ. މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 12 ފެބްރުއަރީ 2018 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް