Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިރިއުޅެމުން އައި އެޕާޓްމެންޓް ހަލާކުވުން

ބަލިން ރަނގަޅުވެގެން އައިރު، ދިރިއުޅޭތަން ''ހަރާބުވެފައި''

މިހާރު ދިރިއުޅެނީ ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 13:43
އެޕާޓްމެންޓްގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް ވަނީ ހަލާކުވެފައި

އެޕާޓްމެންޓްގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް ވަނީ ހަލާކުވެފައި

ކޮވިޑް-19އަށް މުޅި އާއިލާ ޕޮޒިޓިވްވެ، ރަނގަޅުވެގެން އައިއިރު މުޅި ދިރިއުޅުން ވަނީ އެފުށްމިފުށަށް ޖެހިފައެވެ. ތިން ހަފްތާ ވަންދެން ކަރަންޓީންގައި ބަޔަށް ފަރުވާ ހޯދުމަށްފަހު ގެއަށްއިރު ދިރިއުޅެމުން ދިޔަތަން އޮތީ ނޫޅެވޭ ވަރަށް ހަލާކުވެފައެވެ.

އުމުރުން 43 އަހަރުގެ އާދަމް އަބްދުﷲ އަކީ ސަރުކާރުގެ ވަޒީފާއެއްގެ އިތުރުން އިތުރަށް އާމްދަނީ ހޯދުމަށްޓަކައި އަމިއްލައަށް މަސައްކަތް ވެސް ކުރާ މީހެކެވެ. ނަމަވެސް ދިރިއުޅުމުން އައިތަން ހަލާކުވެގެން ދިއުމާއެކު އަދި މިހާރު ކޮވިޑް-19އާ ގުޅިގެން އާމްދަނީ ހޯދުމަށް ވަނީ އިތުރު ދަތިތަކާ ކުރިމަތިވެފައެވެ. މިހާލަތުގައި އޭނާއަށް ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން މިވަނީ ބޭނުންވެފައެވެ.

ބަލިން ރަނގަޅުވެ އެއާއިލާ ދިރިއުޅެމުން އައި މާފަންނު ހަވާއީގެ ގްރައުންޑް ފްލޯއަށް ވަނީ ފެން އެޅި ބޮޑެތި ގެއްލުތަކެއް ލިބިފައެވެ. ހިފާ ގެންގުޅޭ ސާމާނާއި، ގޭތެރޭގައި ބަހައްޓާފައި ހުރި ސޯފާ މޭޒު ފަދަ އެއްޗެހިތައް ވަނީ ހަލާކުވެފައެވެ. އަދި އަލަމާރީގައި ބަހައްޓާފައި ހުރިހާ އަންނައުނުތައް ހަލާކުވެފައިވާކަން އާދަމް ފާހަގަކުރިއެވެ.

ގްރައުންޑް ފްލޯއަށް ފެން އެޅުނު ގޮތާ ބެހޭ ގޮތުން އާދަމް ބުނީ ސީލިންގް ފަޅާގެން ގޮސް ގްރައުންޑް ފްލޯއަށް ފެން އެޅިފައިވާ ކަމަށެވެ. އެކަމަގެ ސަބަބުން ފާރުތައް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިހާލަތުން އަރައިގަތުމަށް އެޑްވާންސް ފައިސާ ދިނުމަށް ގޭގެ ވެރިފަރާތުގައި އެދުނު ނަމަވެސް އިންކާރު ކުރި ކަމަށް އޭނާ ބުންޏެވެ. އަދި ޖެންޑާރ މިނިސްޓްރީ، ރެޑްކްރެސެންޓް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އަދި ވެސް އެއްވެސް އިދާރާއަކުން އެހީތެރިކަމެއް ނުލިބޭކަން އޭނާ ފާހަގަކުރިއެވެ.

އިތުރު ގޮތެއް ނެތުމުން އާދަމް އާއި އަންހެނުން އަދި އޭނާގެ ދިރިފުޅު މިހާރު ދިރިއުޅެމުން ދަނީ 500 ރުފިޔާއަށް ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގައެވެ. 15،000 ރުފިޔާ ކުލީ ގޮތުގައި ދައްކަމުން ދިޔަ އެޕާޓްމެންޓް ހަލާކުވެގެން ދިއުމާ ގުޅިގެން މިއަދު އެއާއިލާއަށް ވަނީ ބޮޑު ނިކަމެތި ކަމެއް ލިބިފައެވެ.

''އެތަން ރަނގަޅު ކުރަންޏާ ސީލިންގް ތަޅާލައިގެން މަސައްކަތްތަކެއް ކުރަންޖެހޭ. އެހެންވީމަ އެތާގަ ދިރިއުޅެވޭކަށް ނެތް. މިހާރު ވެސް އަޅުގަނޑުމެންގެ އެތައް މުދަލެއް މިހަލާކުވެގެން ދިޔައީ. ގާތްގަނޑަކަށް އެންމެ ކުޑަ އަގުގައި ކިޔާ ނަމަވެސް 50،000 ރުފިޔާ އެއީ."

ތިން ހަފްތާއަށް ވުރެ ގިނަ ދުވަހު އެބޭދޫ ވިލޭޖުގައި ކަރަންޓީންގައި ތިބުމަށްފަހު، އާދަމްއާ އޭނާގެ އާއިލާ ބަލިން ރަނގަޅުވެ އައީ އާއުންމީދަކާއެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށްށެވެ. ނަމަވެސް ހާލަތުގެ ގޮތުން މިއަދު އެއާއިލާ ވަނީ އެހެން ފަރާތްތަކުން އެހީތެރިކަން ބޭނުންވެފައެވެ. އާދަމް އެދެނީ ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް މިދަތި އުދަނގޫ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަސްޓިން ބީބަރ އަށް ޖެހުނު ބަލިން އޭނާ ރަގަނޅުވާނެބާ؟

ޖަސްޓިން ބީބަރ އަށް ޖެހުނު ބަލިން އޭނާ ރަގަނޅުވާނެބާ؟

15 ޖޫން 2022
ކޮވިޑްގެ ތަފާތު ދެ ވެކްސިނަކުން ދެ ޑޯޒް ހަމަކުރުމުން ބަލިން ދިފާއުވުމުގެ ފުރުސަތު ބޮޑުތަ؟

ކޮވިޑްގެ ތަފާތު ދެ ވެކްސިނަކުން ދެ ޑޯޒް ހަމަކުރުމުން ބަލިން ދިފާއުވުމުގެ ފުރުސަތު ބޮޑުތަ؟

21 ޖުލައި 2021
ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

ކެންސަރު ބަލިން ސަލާމަތްވާން މެދުވެރިވީ 10 އަހަރުގެ މިލާ

14 ޖުލައި 2019
ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިރު ސަރުކާރު އެވަނީ އެއްކޮށް ބަރަހަނާވެފައި

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިރު ސަރުކާރު އެވަނީ އެއްކޮށް ބަރަހަނާވެފައި

23 މާރިޗު 2018

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު