Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްޕީއާރުސީގެ ލައިވް އިވެންޓް

ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔުމަށް ދައްކާލި ވީޑިއޯ 1.2 މިލިއަން މީހުން ބެލި

9 ޖޫން 2020 | އަންގާރަ 10:39

މި ލައިވް އިވެންޓްގައި ވަނީ 85،000 މީހުން ބައިވެރިވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖޫން 2020 | އަންގާރަ 10:39
ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއް؛ ޖުލައިމަހު ފަތުރުވެރިންނަށް މަރުހަނާ ކިޔުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުން

ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއް؛ ޖުލައިމަހު ފަތުރުވެރިންނަށް މަރުހަނާ ކިޔުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުން

ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔުމަށް މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން އެމްއެމްޕީއާރުސީން ފޭސްބުކް ލައިވް ކުރި ވީޑިއޯ 1.2 މިލިއަން މީހުން ބެލި ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން" ގެ ނަމުގައި ބޭއްވި މި ކެންޕެއިން ވަނީ ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ މެދުވެރިކޮށް 1.2 މިލިއަން މީހުންނަށް ފޯރުކޮށްދެވިފައި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ލައިވް އިވެންޓްގައި ވަނީ 85،000 މީހުން ބައިވެރިވެފައެވެ. ދިވެހިރާއްޖެއަކީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށްޓަކަ އެމްއެމްޕީއާރުސީން އަންނަނީ މިފަދަ އެތައް ހަރަކާތްތަކެއް ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމު ތަކުގައި ކުރިއަށް ގެންދަމުންނެވެ.

4 ގަޑިއިރުގެ މި އިވެންޓުގައި ދިވެހިރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތުގެ ފަރާތުން ވަނީ އުންމީދުން ފުރިގެންވާ މެސެޖުތަކާއި ފަތުރުވެރިންނަށް އަލުން މަރުހަބާ ކިޔުމަށް ވަމުން އަންނަ ތައްޔާރީތައް ދުނިޔެއަށް ދައްކާލާފައެވެ.

މި އިވެންޓް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ، ތައްޔިބު މުޙައްމަދު ވިދާޅުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ދަތުރު ފަތުރުކުރުން ހުއްޓުމަކަށް އައުމުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުނު ނަމަވެސް އަޅުގަނޑުމެން މިތިބީ ފަތުރުވެރިންނަށް އަލުން ދިވެހި ރާއްޖޭ ހުޅުވާލުމަށް ކެތްމަދުވެފައި ކަމަށެވެ. އަދި ހަމަ އެއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއްވިއެވެ.

އިވެންޓުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ހުރިހާ ގިންތިއެއްގެ ބަޔަކަށް ވެސް އޮތް އެންމެ ހިތްގައިމު، އެންމެ އަމާން ޖަޒީރާ މަންޒިލް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު، ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުގެ ތެރެއިން 200އަށް ވުރެން ގިނަ ފަރާތަކުން ވަނީ މި އިވެންޓުގައި ބައިވެރިވެފައެވެ. އެގޮތުން ދިވެހިރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން، ރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން އުންމީދުން ފުރިގެންވާ މެސެޖުތައް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވަމުން އަންނަ ތައްޔާރީތައް، ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މުޅި ދުނިޔެއަށް ދައްކާލާފައެވެ. އަދި މި ބައިވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުން ޓުއަރ އޮޕަރޭޓަރުންނާއި އިންފްލުއެންސަރުންނާއި މަޝްހޫރު މީހުންވެސް ވަނީ ހެޔޮ އެދުންތަށް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ޖަރުމަނު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޓިމޯ ބޯލް، ޗައިނާގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޖިއަންގް ޖިޢާލިއަންގް އަދި ސްޕެނިޝް ފުޓުބޯޅަ ކުލަބު، ސެލްޓަވީގޯގެ ކުޅުންތެރިންވެސް ހިމެނެއެވެ.

އިވެންޓުގެ ތީމް ލަވައާއި ދިވެހި ފަންނާނުންގެ ހުށަހެޅުންތަކުން ވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ބެލުންތެރިންނަށް ކިޔައިދީފައެވެ. އަދި ދިވެހި އުފެއްދުންތައް އުފައްދާ ބައެއް ވިޔަފާރިވެރިންނާއި އެހެނިހެން ފަންނާނުން ވެސް ވަނީ އެމީހުންގެ ހުނަރާއި ޝުޢޫރުތައް ހިއްސާކޮށްފައެވެ.

ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިވެންޓުގެ ތެރޭގައި ވަނީ ކުއިޒްއެއް ކުރިއަށް ގެންގޮސްފައެވެ. މި ކުއިޒްގައި ގާތްގަނޑަކަށް 10،000 މީހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 30 ފަރާތަކުން ވަނީ ގުރުއަތުން ހޮވުނު ފަރާތްތަކަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައެވެ. 4 ގަޑިއިރަށް ދެމިގެން ދިޔަ މި އިވެންޓް އެކި ޤައުމުން ބަލާފައިވާއިރު، އިވެންޓްގައި ނެގި ޕޯލްއިން ދައްކާގޮތުގައި %49 މީހުން މިހާރުވެސް ދަނީ ދިވެހިރާއްޖެއަށް ދަތުރު ރާވަމުންނެވެ. އަދި %95 މީހުން ދެކޭގޮތުގައި ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ޖޫން 2019

އެމްއެމްޕީއާރްސީން ބާއްވާ ޕްރޮމޯޝަނަލް ބޭގް ޑިޒައިން ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

12 ޖޫން 2019
އެމްއެމްޕީއާރްސީން ބާއްވާ ޕްރޮމޯޝަނަލް ބޭގް ޑިޒައިން ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
27 މާރިޗު 2019

ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

27 މާރިޗު 2019
ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު
27 ސެޕްޓެމްބަރު 2018

ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ ބޮޑު ބަދަލަކާއެކު އަލުން ހުޅުވައިފި

27 ސެޕްޓެމްބަރު 2018
ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ ބޮޑު ބަދަލަކާއެކު އަލުން ހުޅުވައިފި
08 އޯގަސްޓު 2018

50ލ. ގެ ފައިސާ ފޮތި މަދުވެގެން އަލުން ޖަހައިގެން ގެނެސްފި

08 އޯގަސްޓު 2018
50ލ. ގެ ފައިސާ ފޮތި މަދުވެގެން އަލުން ޖަހައިގެން ގެނެސްފި
01 ޖޫން 2018

އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

01 ޖޫން 2018
އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ
22 މާރިޗު 2018

ރެއިންބޯ ލިވިންގް މޯލް ފިހާރައިގެ ޖާގަ އިތުރު ކުރުމަށް ފަހު އަލުން ހުޅުވައިފި

22 މާރިޗު 2018
ރެއިންބޯ ލިވިންގް މޯލް ފިހާރައިގެ ޖާގަ އިތުރު ކުރުމަށް ފަހު އަލުން ހުޅުވައިފި
23 ފެބުރުއަރީ 2018

ގަމުގެ ދޫގަސް ގެސްޓް ހައުސް އަލުން ހުޅުވަނީ

23 ފެބުރުއަރީ 2018
ގަމުގެ ދޫގަސް ގެސްޓް ހައުސް އަލުން ހުޅުވަނީ
06 ޖެނުއަރީ 2018

ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް

06 ޖެނުއަރީ 2018
ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް
17 އޮކްޓޯބަރު 2017

ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

17 އޮކްޓޯބަރު 2017
ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް