Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރެއިންބޯ ލިވިންގް މޯލް

ރެއިންބޯ ލިވިންގް މޯލް ފިހާރައިގެ ޖާގަ އިތުރު ކުރުމަށް ފަހު އަލުން ހުޅުވައިފި

އަލަށް ގެނެސްފައިވާ ބައެއް ސާމަނަކީ ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 މާރިޗު 2018 | ބުރާސްފަތި 22:34
ރެއިންބޯ ލިވިންގް މޯލް

ރެއިންބޯ ލިވިންގް މޯލް

ރެއިންބޯ ލިވިންގް މޯލް ފިހާރައިގެ ޖާގަ ބޮޑުކުރުމަށް ފަހުކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފިއެވެ.

ޖާގަ އިތުރު ކުރުމަށް ފަހު އަލަށް ހުޅުވާފައިވާ އޭރިއާއަށް ގެނެސްފައިވާ ސާމަނަކީ ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރުގެ އިތުރުން އަލަމާރިއެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މޭނެޖަރ އަބްދުﷲ އަސްލަމް ވިދާޅުވީ ގޭތެރެއަށް ބޭނުންވާ ފަރުނިޗަރު ބޭނުން ޑިޒައިނަކަށް ޑިޒައިންކޮށްދީ ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ ހިދުމަތް ރެއިންބޯ ލިވިންގް މޯލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. ފިހާރަ ހުޅުވުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން ބަދިގެއަށް ބޭނުންވާ ސާމާނު ގަތުމުން ކުރިއަށް އޮތް އެއްމަސް ދުވަހަށް ބަދިގެ މަތީގައި އަޅާ ކައުންޓަރ ޓޮޕް ހިލޭ ލިބިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަލަށް ހުޅުވުނު އޭރިއާގައި މައިގަނޑު ގޮތެއްގައި ވިއްކާނީ ދެ ބްރޭންޑެއް. އެގޮތުން ފިހާރާގެ ގްރައުންޑް ފްލޯ ހާއްސަކޮށްލާފައިވަނީ ނޮބީލިއާ ބްރޭންޑްގެ ކިޗަން އަށް. ނޮބީލިއާ އަކީ ޔޫރަޕްގެ ނަންބަރ ވަން ކިޗަން ބްރޭންޑް. ފިހާރައިގެ ފަސްޓް ފްލޯ ހާއްސަކޮށްލާފައިވަނީ އޮޕެއިން ބްރޭންޑްގެ ކިޗަން އަދި ވޯޑްރޯބް ސިސްޓަމް އަށް. އެޕެއިން އަކީ އޭޝިއާގެ ނަންބަރ ވަން ކިޗަން ކެބިނެޓް މެނުފެކްޗަރަ" އަސްލަމް ވިދާޅުވިއެވެ.

ރެއިންބޯ ލިވިންގް މޯލް އިން އިތުރަށް ބުނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް 3D ޑިޒައިންތައް ހަދައިދޭނެ ކަމަށާއި އެ ކަމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.

ރެއިންބޯ ރޯދަ ސޭލް މި މަހުގެ 26 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

ރެއިންބޯ ލިވިންގް މޯލް މެދުވެރިކޮށް ހެޔޮއަގެއްގައި މުދާތައް ލިބިގެންދާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

01 މެއި 2017
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ
24 އެޕްރީލު 2017

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

24 އެޕްރީލު 2017
މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ
09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު