Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮމާން އެއަރ

އޮމާން އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ދަތުރުތައް ފަށާނީ އޮކްޓޯބަރ 28 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 1 ޖޫން 2018 | ހުކުރު 12:33
އޮމާން އެއަރގެ ބޮއިން 737 މެކްސް: ރާއްޖެއަށް ދަތުރުކުރާނީ މި މަރުކާގެ މަތިންދާބޯޓުތަކުގައި

އޮމާން އެއަރގެ ބޮއިން 737 މެކްސް: ރާއްޖެއަށް ދަތުރުކުރާނީ މި މަރުކާގެ މަތިންދާބޯޓުތަކުގައި

2016 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި އޮމާން އެއަރއިން އަނެއްކާވެސް އޮމާންގެ ވެރިރަށް މަސްކަތާއި މާލެއާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އޮމާން އެއަރގެ ސީއީއޯ އަބްދުލްއަޒީޒް އަލް ރައީސީއާއި ހަވާލާދީ ބޭރުގެ ބައެއް މީޑިއާތައް ބުނާ ގޮތުން މަސްކަތާއި މާލެއާއި ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މިފަހަރުގެ ދަތުރުތަކުގައި އޮމާން އެއަރއިން ބޭނުންކުރާނީ އެކުންފުނިން އަލަށް ގެނައި ބޮއިން 737 މެކްސް މަރުކާގެ މަތިންދާބޯޓުތައްކަމަށްވެސް އެ އެއަރލައިނުން މައުލޫމާތުދެއެވެ. މިމަތިންދާބޯޓުތަކުގައި ބިޒްނަސް ކްލާހުގެ 12 ގޮނޑި ހުންނާނެއެވެ. އޮމާން އެއަރއިން ވަނީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން އޮމާން އެއަރއިން ދަތުރުކުރުމަށާއި، ދަތުރުގައި ސްޓޮޕް އޯވަރއެއްގެ ގޮތުގައި އޮމާންގައި މަޑުކޮށްލުމަށް ދައުވަތު ދީފައެވެ.

2009ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރަން ފެށި އޮމާން އެއަރއިން މަސްކަތާއި މާލެއާއި ދެމެދު އުދުހެމުން އައި ފްލައިޓްތައް 2016ވަނަ އަހަރުގެ އެޕްރީލް މަހު ހުއްޓާލީ ވިޔާފާރީގެ ސަބަބުތަކަށްޓަކައި ކަމަށް އޭރު އެކުންފުނިން ބުންޏެވެ. އޭރު އެކުންފުނިން ބުނީ ރާއްޖެއަށް ދަތުރުތައް ދެން ފެށުމުގެ ވިސްނުމެއް އެވަގުތު ނުގެންގުޅޭކަމަށެވެ.

އޮމާން އެއަރއަކީ މެދުއިރުމަތީގެ ޤައުމީ އެއަރލައިންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއަރލައިނެކެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު