Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

ލޮކްޑައުންގެ ސަބަބުން 11 ގައުމެއްގެ 3 މިލިއަން މީހުން މަރުން ސަލާމަތްވި

އެކެއްގެ ފަރާތުން މީހުންނަށް ވައިރަސް ޖެހޭ މިންވަރު 82 އިންސައްތަ އަށް ވަނީ ދަށްކުރެވިފަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2020 | އަންގާރަ 07:43
ލޮކްޑައުންގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައި

ލޮކްޑައުންގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހަރުދަނާ ގޮތެއްގައި އެޅި ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން 11 ގައުމަކުން 3 މިލިއަން މީހުން ވައިރަސް ޖެހިގެން މަރުން ސަލާމަތް ކުރެވިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ގޭގައި ތިބުމަށް އެންގި އެންގުންތަކަށް ތަބާވުމުގެ ސަބަބުން ވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެމީހުން ހެދި ދިރާސާއިން އަންދާޒާކުރާ ގޮތުގައި ޖަރމަނީ، ފްރާންސް، އިޓަލީ، އިނގިރޭސިވިލާތް، ސްޕެއިން، ބެލްޖިއަމް، އޮސްޓްރިއާ، ޑެންމަރކް، ނޯރވޭ، ސްވިޑިން އަދި ސްވިޒެލެންޑުން 3.1 މިލިއަން މީހުން މަރުން ވަނީ ސަލާމަތްކުރެވިފަ އެވެ.

ދިރާސާއިން ދައްކާގޮތުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި މިފިޔަވަޅުގެ ސަބަބުން އެކެއްގެ ފަރާތުން މީހުންނަށް ވައިރަސް ޖެހޭ މިންވަރު 82 އިންސައްތަ އަށް ވަނީ ދަށްކުރެވިފަ އެވެ. ދިރާސާގައި ވާގޮތުން ގައުމެއްގައި ލިބެންހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ވައިރަސް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ލޮކްޑައުން ވަނީ ވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ވައިރަސް ކޮންޓްރޯލް ކުރުމަށް މިފަދަ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ޔޫރަޕިއަން ސެންޓަރ އޮފް ޑިޒީސް ކޮންޓްރޯލްގެ ޑޭޓާ ތައް ބޭނުންކޮށްގެން ހެދި މިދިރާސާއިން ދައްކާގޮތުގައި މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އައިއިރު ރަނގަޅަށް ލޮކްޑައުން ތަންފީޒުކުރި ގައުމުތަކާއި ދޫކޮށްލާފައިވާ ގައުމުތަކުގެ ޑޭޓާތައް ވަނީ ބަލާފަ އެވެ.

ދިރާސާއިން ދައްކާގޮތުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނަމަ 12 މިލިއަނާއި 15 މިލިއަނާ ދެމެދުގެ އަދަދަކަށް މެއި މަސް އަންނަންވާއިރަށް އެ 11 ގައުމުން މީހުންނަށް ވައިރަސް ޖެހޭނެ އެވެ.

ދިރާސާއިން ދައްކާގޮތުގައި ގިނަ މީހުން އެއްވެގެން ބާއްވާ އިވެންޓްތަކާއި ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ވައިރަސް ފެތުރުން ހުއްޓުވުމަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ނަމަވެސް މިއިން ކޮންމެ ފިޔަވަޅެއްގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވުނު މިންވަރެއް ވަކިވަކިން ހޯދިފައެއްނުވެ އެވެ. އެހެންނަމަވެސް ލޮކްޑައުން އާއެކު އެޅި ހުރިހާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވުނު ކަމަށް ދިރާސާއިން ދައްކައެވެ. އެގޮތުން ވައިރަސް ފެތުރޭ މިންވަރު 81 އިންސައްތަ އަށް ދަށްކުރެވިފައިވާ ކަމަށް ދިރާސާއިން ދައްކަ އެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު