Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާޅޮސް އަދި މަނަދޫ ބަނދަރުގެ މަސައްކަތް

މާޅޮސް އަދި މަނަދޫ ބަނދަރުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ މުއްދަތަށް ބަދަލުތަކެއް

ބީލަމަށް ފައިސާ ބަލައިގަންނާނީ 6 ޖުލައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 05:24
ނ. މަނަދޫ؛ މިރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ވަނީ އިތުރުކޮށްފައި

ނ. މަނަދޫ؛ މިރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ވަނީ އިތުރުކޮށްފައި

ޑިޒައިން، ސާވޭ އެންޑް ކޮންސްޓްރަކްޝަން އުސޫލުން އއ. މާޅޮސް އަދި ނ. މަނަދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ހުޅުވާލި ރަޖިސްޓްރޭޝަން އަދި ބިޑް ހުށަހެޅުމުގެ ތާރީހަށް ބަދަލުތަކެއް ގެނެސްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާނު ކުރުމާއި، ގުޅިގެން، މި ދެ ބަނދަރުގެ ރަޖިސްޓްރޭޝަން މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީޚަށް ބަދަލު ގެނެސް ބީލަމުގައި ބައިވެރުވުމުގެ ފުރުސަތު ޖުލައި މަހުގެ 6 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުޞޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ދިވެހި ރުފިޔާ ނުވަތަ 100 ޑޮލަރުގެ ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 6 ޖުލައި 2020 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ.

މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ ޖުލައި 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިނޭންސް މިނިސްޓްރީގެ މަސައްކަތަށް ވޮލެންޓިޔަރުން ހޯދަނީ

ފިނޭންސް މިނިސްޓްރީގެ މަސައްކަތަށް ވޮލެންޓިޔަރުން ހޯދަނީ

21 އޯގަސްޓު 2017
ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

16 އޯގަސްޓު 2017
ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

11 އޯގަސްޓު 2017
ބަލާފާސްކުރުމުގެ ނަމުގައި ފުލުހުން ދަނީ މަސައްކަތަށް ހުރަސް އަޅަމުން: ޖުމްހޫރީ ޕާޓީ

ބަލާފާސްކުރުމުގެ ނަމުގައި ފުލުހުން ދަނީ މަސައްކަތަށް ހުރަސް އަޅަމުން: ޖުމްހޫރީ ޕާޓީ

26 ޖުލައި 2017
ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

23 ޖުލައި 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު