Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ކުނޫޒު ބަލާފާސްކުރުން

ބަލާފާސްކުރުމުގެ ނަމުގައި ފުލުހުން ދަނީ މަސައްކަތަށް ހުރަސް އަޅަމުން: ޖުމްހޫރީ ޕާޓީ

26 ޖުލައި 2017 | ބުދަ 09:02

ބުދަ ދުވަހު ފުލުހުން ބަލާފާސްކުރަމުން ނުދޭ، އެކަމަކު ކުނޫޒު ހުރީ ފުލުހުން ބަންދުކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ޖުލައި 2017 | ބުދަ 09:02
ބުދަ ދުވަހު ފުލުހުން ކުނޫޒު ބަންދު ކޮށްފައި: ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ފުލުހުންނާ ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ފުލުހުން ކުނޫޒު ބަންދު ކޮށްފައި: ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ފުލުހުންނާ ވާހަކަ ދައްކަވަނީ

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒު ބަލާ ފާސްކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ހޯދައިގެން ފުލުހުން ދަނީ ޕާޓީގެ އޮފީހުގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅު ވެއްޖެ އެވެ.

ކުނޫޒު ސަރަހައްދުގައި ހުންނަވާ އަލީ ސޯލިހު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު ފުލުހުން ވަދެ ކުނޫޒު ބަލާފާސްކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް ފަސް ގަޑިއިރަށް ކުރިއަށްދިޔަ ބަލާފާސް ކުރުމަށް ފަހު، ފުލުހުން ވަނީ އެތަންނުން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ބުނެ ލިޔުމެއް ހަވާލު ކޮށްފަ އެވެ.

Advertisement - newsAdvertisement

ކުނޫޒު ބަލާފާސްކުރުމަށް ފަހު، މުޅި އެސަރަހައްދުގައި ޖަހާފައިވާ ބެރިކޭޑްތައް ނަގާ މަގުވެ ސް ހުޅުވާލުމަށް ފަހު، ފުލުހުން އެސަރަހައްދު ދޫކޮށް ދިޔަ ނަމަވެސް ބުދަ ދުވަހުގެ ހެނދުނު އެނެއްކާ ވެސް ފުލުހުން ވަނީ ކުނޫޒް ބަންދުކޮށްފައެވެ.

"ފުލުހުން ބަލާފާސްކޮށް ނިންމާ، އެތަން ދޫކޮށް ފުލުހުން ދިއުމުން އަޅުގަނޑުމެން ނިންމީ މިއަދު ހެނދުނު، 10:00އަށް އޮފީހުގެ މަސައްކަތަށް ނިކުތުމަށް. އެގޮތުން މިއަދު އެގަޑީގައި އަޅުގަނޑު އެންމެ ފުރަތަމަ އޮފީހަށް އައީ. އައިއިރު ދެ ފުލުހަކު ތިބި ދޮރުމަތީ، އެ ދެ ފުލުހުން ބުނީ އޮފީހަށް ނުވަދެވޭނެޔޭ. ބަލާ ފާސްކުރަންވީ، އެކަމަކު އޮފީހުގެ މަސައްކަތަށް ހުރަސް އަޅައިގެން ނުވާނެ. ކޯޓު އަމުރުގައި އޮތީ ބަލާފާސްކުރަން 72 ގަޑިއިރު ވަންދެން، އެކަން ކުރިއަސް އެންމެ ރަނގަޅު، އެކަމަކު 72 ގަޑިއިރު ވަންދެން ޖުމްހޫރީ ޕާޓީގެ އޮފީސް ބަންދުކޮށްފައި ކިހިނެއްތޯ ބަހައްޓާނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ބަލާފާސްކުރުމުގެ އަމުރުގެ ދަށުން ފުލުހުން ބުދަ ދުވަހު ކުނޫޒް ބަލާފާސް ކުރަމުން ނުދާ ކަމަށާއި ފުލުހުން ވަނީ ކުނޫޒަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ ކަމަށެެވެ. ޖުމްހޫރީ ޕާޓީގެ އޮފީހުގެ މުވައްޒަފުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ވާތީ އެކަމަށް ހައްލެއް ހޯދުމަށް ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލުންނާއި ސެކްރެޓަރީ ގެނަރަލް އަހުމަދު ސަމީރު ފުލުހުުންގެ އިދާރާއަށް ވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް ބުދަ ދުވަހު ވިދާޅުވީ ކުނޫޒުގައި ބަލާފާސްކުރަން ކަނޑައެޅިފައިވާ ތަންތަނާއި ތަކެތި ކޯޓު އަމުރު ދީފައިވާ ވަގުތާ ހަމައަށް ބަލާފާސްކުރުން ކުރިއަށްދާނެ ކަަމަށެވެ. އަދި އަންގާރަ ދުވަހުގެ ރޭ ކުނޫޒު ބަލާފާސްކުރުމަށް ފަހު، ފުލުހުން ދޫކޮށްފައިވާ ލިޔުމަކީ އެ ރޭ ފާސްކުރެވުނު ތަކެއްޗާއިބެހޭ ގޮތުން ދޫކޮށްފައިވާ ލިޔުމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ކުނޫޒު އެއްކޮށް ބަލާފާސްކޮށް ނިންމުމަށް ފަހު ދުކޮށްފައިވާ ލިޔުމެއް ނޫން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މ. ކުނޫޒް ފުލުހުން ބަލައިފާސްކުރަން ފަށާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު އެވެ. ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އެ ޕާޓީގެ އޮފީސް ބަލާ ފާސްކުރުމަށް ފުލުހުން އެތަނުގައި ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވެފައި ވަނީ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ބުނެ ފުލުހުން ލިޔުމެއް ދިން ކަމަށެވެ. ކުނޫޒު ބަލާ ފާސްކުރުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ފުލުހުން ނިކުތީ ދަންވަރު 1.30 ހާއިރެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް