Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކައުންސިލްގެ ބަޔާން

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

ނޫސްވެރިންނަކީ ގައުމުގައި ހިނގާ ކަންކަން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ފަރާތެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 23 ޖުލައި 2017 | އާދީއްތަ 19:15
މީޑިއާ ކައުންސިލްގެ މިރޭގެ ބައްދަލުވުން

މީޑިއާ ކައުންސިލްގެ މިރޭގެ ބައްދަލުވުން

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އާދިއްދަ ދުވަހުގެ ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ފަހަކަށް އައިސް ނޫސްވެރިންގެ މަސައްކަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތި ކުރުވަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެކި އެކި ނިއުސް އިވެންޓްތައް ކަވަރ ކުރުމުގައްޔާއި، އެކި އެކި ހާދިސާތައް ކަވަރު ކުރުމުގައި މީޑއާތަކަށް އެކި ހުރަސްތައް ކުރިމަތި ކުރުވާ، މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ، މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރެވޭ ކަމަށް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

އެމްއެމްސީން ބުނީ، ނޫސްވެރިންނަކީ ގައުމުގައި ހިނގާ ކަންކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ފަރާތައް ވާއިރުގައި، އެ މައުލޫމާތު ގެނެސް ދިނުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

"މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި، އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމަކީ، މި ކައުންސިލްގެ ޒިންމާއެއް ކަމަށް ވާތީ، އެ މަސައްކަތް ކުރަމުންދާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ."

ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީޑިއާ ކައުންސިލުން މިފަދައިން ބަޔާން ނެރެފައި މި ވަނީ ޣައިރު ގާނޫނީ އެއްވުންތައް ލައިވްކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައި ވަނިކޮށެވެ. މީގެ އިތުރުން ހުކުމެއް ތަންފީޒުކުރަމުންދާ މީހުން ދޭ މައުލޫމާތުތައް ނޫސް މީޑިއާތަކުން ނުގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު