Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ހައުސް ތަޅާލުން

އެފްއޭއެމް ހައުސް ތަޅާލައި، ތަން ހުސްކުރަނީ

8 ޖޫން 2020 | ހޯމަ 17:31

އެތަން ހުސްކުރަން ނިންމާފައިވަނީ 20 ބުރީގެ އިމާރާތެއް އެޅުމަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 8 ޖޫން 2020 | ހޯމަ 17:31
އެފްއޭއެމް ހައުސް: އެ ތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައި

އެފްއޭއެމް ހައުސް: އެ ތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައި

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހުސްކޮށް, އެތަން ތަޅާލަން ނިންމައިފިއެވެ.

މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު އެފްއޭއެމް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ވަނީ އެ އިދާރާގެ މައި އޮފީސް 20 ބުރިއަށް އެޅުމަށް ސައުތު ކޮރެޔާގެ ސްކައި ވިންޑް ކުންފުންޔާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މިހާތަނަށް ކުޅިވަރު އެސޯސިއޭޝަނަކުން އެޅުމަށް ނިންމާފައިވާ އެންމެ ބިޔަ އިމާރާތުގެ މަސައްކަތް ކުރުމަށް ސްކައި ވިންޑް ގްލޯބަލް އާއެކު އެފްއޭއެމުން އެއްބަސްވެފައިވާއިރު، މި އިމާރާތް ވެގެންދާނީ ފުޓްބޯޅައަށް އެތައް މިލިޔަން ރުފިޔާއެއް ލިބިގެންދާނެ އިމާރާތަކަށެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްއަށް ރަނގަޅު ފެންވަރުގެ އިމާރާތެއް ލިބެންޖެހޭ ކަމަށާއި އަލަށް އިމާރާތް ކުރާ 20 ބުރީގެ އިމާރާތް ވެގެންދާނީ މުޅި ފުޓްބޯޅައަށް ބޮޑު ބަދަލެއް ގެންނާނެ އިމާރާތަކަށް ކަމަށެވެ.

ދަތުރު ފަތުރުގެ ހުއްދަ ލިބުމާއެކު އައު އިމާރާތުގެ މަސައްކަތް ކުރުމަށް ކޮރެއާގެ ކުންފުނިން ރާއްޖެ އަންނާނެ ކަމަށާއި، މިހާރު ބޭނުން ކުރަމުންދާ އިމާރާތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ހުސްކޮށް، އަންނަ ޖުލައި މަހުގެ ތެރޭގައި މިހާރުގެ އިމާރާތް ތަޅާލަން ފަށާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

20 ބުރީގެ އާ އިމާރާތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، އައު އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމްގެ ޚިދުމަތާއި މެޑިކަލް ވަސީލަތުގެ އިތުރުން ގައުމީ ޓީމުތައް ކޭމްޕް ކުރެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށް ނިންމާފައިވާއިރު، އިމާރާތުގެ ގިނަ ބުރިތައް ބޭނުން ކުރާނީ އެފްއޭއެމަށް ފައިސާ ލިބޭނެ ގޮތަށް ކަމަށް ބައްސާމް ވިދާޅުވިއެވެ.

2004 ވަނަ އަހަރު އެފްއޭއެމްގެ މިހާރުގެ އިމާރާތް ހުޅުވިއިރު، އެ އިމާރާތް ބިނާކޮށްފައި ވަނީ 7،000 (ހަތް ހާސް) އަކަފޫޓުގެ ބިމެއްގައެވެ. އެފްއޭއެމަށް އައު އިމާރާތެއް ލިބިގެންދާ 20 ބުރީގެ އިމާރާތާއި، ހިއްކި ބިމުގައި އަޅާ 17،000 (ސަތާރަ ހާސް) އަކަފޫޓުގެ ހަތަރު ބުރީގެ އިމާރާތާއެކު، އެފްއޭއެމްއަށް އަހަރަކު 90 މިލިޔަން ރުފިޔާއަށް ވުރެން ގިނަ ފައިސާ ވަންނާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ހިއްކި ބިމުގައި އަޅާ އިމާރާތް ދެ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަންދީފައިވާ ކަމަށާއި، ހަތަރު ބުރީގެ އިމާރާތުން ކްލަބުތަކަށް ފައިސާ ލިބޭނެ ގޮތަށް ތަންތަން ދެވިގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. މީގެ ކުރިން އެފްއޭއެމުން ވަނީ ހިއްކި ބިމުގައި އެޅޭ ހަތަރު ބުރީގެ އިންޑޯ ފުޓްސަލް އިމާރާތުގެ އެއް ފަންގިފިލާގައި އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއް ބޭއްވޭނެ ވަރަށް ތަރައްގީ ކުރެވޭނެކަން ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް