Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން

މިނިމަމް ވޭޖް ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް

ތިން ބޭންޑެއް: އެންމެ ކުޑަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާދެމެދުގެ އަދަދެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 ޖޫން 2020 | ހޯމަ 08:37
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި، އާންމުކޮށް ހުޅުވާލައިގެން މަޖިލީހުގެ އިދާރާގައި ބޭއްވެވި ފޯރަމެއްގެ ތެރެއިން: އެންމެކުޑަ އުޖޫރަ ކަނޑައެޅުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައި، ނަމަވެސް މ

ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭ، އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅާފައިވާ، ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުޘް ކުރުމުގެ މަރުޙަލާ ފަށައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި، އިބްތިދާޢީ ބަހުޘް ކުރުމަށް އެޖެންޑާގެ ދަށުން، ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ބިލު ހުށަހަޅުއްވަމުން އިލްޔާސް ލަބީބު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމާއި ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ކަންތައްތައް އިތުރަށް ތަފުޞީލު ކުރުމަށާއި މި ޤާނޫނުގައި ބަޔާންކުރާ ވަޒީފާއާ ގުޅޭ އެނޫންވެސް ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

Advertisement - newsAdvertisement

މި ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ބަޒީފާ ދިނުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާއިން މީހުން ވަކިކުރުން ފަދަ ކަންކަން ހަރުދަނާކޮށް، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާ ކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުންފަދަ ކަންކަމެވެ. އެގޮތުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދޭ ފަރާތުން ޢަމަލުކުރާނަމަ، ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ވަޒީފާއަށް މީހުން ނަގާއިރު، 'ޕްރޮބޭޝަން ޕީރިއަޑް'ގެ ގޮތުގައި މިހާރު ޤާނޫނުގައި އޮންނަނީ 3 މަސްދުވަސް ކަމަށާއި، ނަމަވެސް ގެނެވޭ އިޞްލާޙުގައި 6 މަސް ދުވަހަށްވުރެ ދިގު ނުވާގޮތަށް 'ޕްރޮބޭޝަން ޕީރިއަޑް' ހަމަޖެއްސުމަށް ވެސް އިޞްލާޙުގައި ވެއެވެ.

މި ބިލުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ކަނޑައަޅާފައި ވަނީ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭ، އެންމެކުޑަ އުޖޫރަ ކަނޑައަޅާފައި ވެއެވެ. އެގޮތުން، އެންމެ މަތީ ކެޓަގަރީއަށް 8.000ރ އާއި 8،500ރގެ ދެމެދުގެ ޢަދަދެއް، ދެން އޮތް ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާއި ދެމެދުގެ ޢަދަދެއް، އަދި އެންމެ ކުޑަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާއި ދެމެދުގެ ޢަދަދެއް ކަނޑައެޅުމަށް ބިލުގައި ވެއެވެ.

މި ބިލު ދިރާސާ ކުރުމުގެ މަސައްކަތުގެ ދަށުން، ކަމާބެހޭ ފަންނީ ބޭފުޅުންގެ ލަފާފުޅާއި އިރުޝާދު ހޯއްދަވާނެ ކަމަށާއި، އަދި ބިލު ނިމޭއިރު، އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް އިލްޔާސް ލަބީބު ވިދާޅުވި އެވެ. މި ބިލުގެ އިބްތިދާޢީ ބަހުޘްގައި ވެސް ބައެއް މެންބަރުން ގެންދަވަނީ އިޞްލާޙުތައް ހުށަހަޅުއްވަމުން ނެވެ.

ވަޒީފާއާބެހޭ ޤާނޫނު 2008 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ތެރޭގައި ވެސް އެންމެކުޑަ އުޖޫރައިގެ ވާހަކަ ދެކެވުނެވެ. ނަމަވެސް މިހާ ގިނަ ދުވަސް ވެގެން ދިޔައިރުވެސް، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެކުޑަ އުޖޫރަ ކަނޑައެޅިފައި ނުވާތީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ގޮސްފައި ވެއެވެ. އެންމެބޮޑަށް މިކަމާ ވަކާލާތު ކުރަމުން ދިޔައީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި

ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި

07 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު