Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސައިފާއި ކަރީނާ ދަރިފުޅު ގޮވައިގެން އިރުއޮއްސޭ މަންޒަރު ބަލަން ދިއުމުން ގިނަބަޔަކު ފާޑު ކިޔައިފި

ފުލުހަކުވެސް ވަނީ ތުއްތު ކުދިން ބޭރަށް ނުނެރެވޭނެ ކަމަށް ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ޖޫން 2020 | ހޯމަ 07:16
ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު އަދި ތައިމޫރު އަލީ ޚާން

ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު އަދި ތައިމޫރު އަލީ ޚާން

ބޮލީވުޑްގެ ފިލްމީ ތަރި ސައިފް އަލީ ޚާނާއި އޭނާގެ އަންހެނުން ބަޠަލާ ކަރީނާ ކަޕޫރު، ދަރިފުޅު ތައިމޫރު އަލީ ޚާން ގޮވައިގެން އިރު އޮއްސޭ މަންޒަރު ބަލަން ދިއުމުން ގިނަ ބަޔަކު ފާޑު ކިޔައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދު ކުރި ނަމަވެސް މިހާރު ވަނީފުރަބަންދަށް ލުއިތަކެއް ދީފައެވެ. އެގޮތުން ކޮވިޑް-19 ނުފެތުރޭ ހިސާބުތަކުގައި ޒަރޫރީ ބޭނުންތަކަށް މަގުމައްޗަށް ނުކުތުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން ބައެއް ހިސާބުތަކުގެ މީހުން ވަނީ މަގުތަކަށް ނުކުންނަން ފަށާފަ އެވެ.

އޭގެ ތެރޭގައި މުމްބާއީގެ ބެންޑްރާ ގައި ދިރިއުޅެމުންދާ ސައިފްގެ އާއިލާ ހިމެނެއެވެ. އެ ސައިފާއި، އޭނާގެ އަންހެނުން ވަނީ މެރިންޑްރައިވަށް އިރު އޮއްސޭ މަންޒަރު ބަލަން މީގެ އެއްދުވަސް ކުރިން ގޮސްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޮއިން ސައިފާއި، ކަރީނާ މާސްކް އަޅައިގެން ތިއްބަ އެވެ. އަދި ސައިފްގެ ކޮޑުގައި ތައިމޫރު އިށީންދެގެން އިން މަންޒަރުވެސް ފެނެއެވެ. ސައިފްގެ އާއިލާ ސާފު ވައިގެ އަރާމު ހޯދަން ތިއްބާ ފުލުހަކު ވަނީ ތުއްތު ކުދިން ބޭރަށް ނެރުމަކީ މަނާކަމެއް ކަމަށް ބުނެ ފައެވެ.

ފުރަބަންދުގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޭރަށް ނެރުން މަނާކޮށްފައި ވަނިކޮށް ތައިމޫރު ބޭރަށް ނެރުމުން ބައެއް ފަރާތްތަކުން ވަނީ ތުއްތު ކުއްޖަކު މާސްކް ނާޅާ ބޭރަށް ނެރެގެން ނުވާނެ ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.

އަދި މިއީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

27 ޖޫން 2017
ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި
24 ޖޫން 2017

ކަރީނާ އަދިވެސް ހިކެނީ

24 ޖޫން 2017
ކަރީނާ އަދިވެސް ހިކެނީ
15 މެއި 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
12 މާރިޗު 2017

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު