Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: މަޖިލީހުން ރައީސަށް ލަފާ އެރުވުން

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅޭގޮތުން މަޖިލީހުން މިއަދު ރައީސަށް ލަފާއަރުވަނީ

މިރިޕޯޓްގެ ޚުލާސާ އެއް ރައީސަށް ހޯމަ ދުވަހުގެ މެންދުރު 12:00 އެރުވުމަށް ވަނީ ހަމަޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖޫން 2020 | ހޯމަ 06:29
ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރަމުންދިޔަ އަސަރުތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކުރުމަށް ފަހު އެކަންކަމާއި ގުޅޭގޮތުން މަޖިލީހުން ދެކޭގޮތުގެ ލަފާ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމިޓީތަކުން ވަނީ ކަމާގުޅުން ހުރި އެކި ކަންކަމާއި ގުޅިގެން ރައްޔިތުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޟިރުކޮށްގެން ވަނީ ދިރާސާކޮށްފަ އެވެ. އަދި އެކަންކަމުގެ ރިޕޯޓުތައް މަޖިލީހަށް ހުށަހަޅާ އިޞްލާޙުތައް ގެނެސް ވަނީ މަޖިލީހުގެ ތަޅުމުން މިހާރު ފާސްކޮށްފަ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުރިހާ ރިޕޯޓެއް ނިމިފައިވާ ކަމަށެވެ. އެހެންކަމުން މިރިޕޯޓުގެ ޚުލާސާއެއް ރައީސަށް ހޯމަ ދުވަހުގެ މެންދުރު 12:00 އެރުވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނިންމުން ޤަބޫލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަންކަން މަޖިލީހުގެ 14 ކޮމިޓީއަކުން ދިރާސާކޮށްފައިވާ ކަމަށެވެ. މިހުރިހާ ރިޕޯޓެއްގައި 1500 ޞަފުޙާ ހިމެނޭކަމަށާއި، ހުރިހާ ރިޕޯޓެއްގައި 300ށް ވުރެ ގިނަ ހޯދުންތައް އެބަހުރި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ އެކި ޕްލޭންތައް ތަޢާރަފުކޮށް އެކި އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު