Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗު ލީގު ކެންސަލް ކުރުން

ފްރެންޗު ލީގު ކެންސަލް ކުރީ މާ އަވަހަށް: ޑި މާރިއާ

ފްރެންޗު ލީގު ކެންސަލްކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ޖޫން 2020 | އާދީއްތަ 12:18
ޕީއެސްޖީގެ ތަރި އެންހެލް ޑި މާރިއާ: ޕީއެސްޖީއަށް ވަނީ ލީގު ކެންސަލް ކުރުމުން ޗެމްޕިއަންކަން ލިބިފައި

ޕީއެސްޖީގެ ތަރި އެންހެލް ޑި މާރިއާ: ޕީއެސްޖީއަށް ވަނީ ލީގު ކެންސަލް ކުރުމުން ޗެމްޕިއަންކަން ލިބިފައި

ކޮރޯނާވައިރަސްއާ ގުޅިގެން ފްރެންޗު ލީގު ކެންސަލް ކުރީ މާ އަވަހަށް ކަމަށް ޕީއެސްޖީގެ ތަރި އެންހެލް ޑި މާރިއާ ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާއެކު ފްރެންޗު ލީގު ކެންސަލް ކުރީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައެވެ. ފްރެންޗު ލީގަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ. މީގެ ކުރިން ޖަރުމަން ލީގުގެ ކުޅުން ފަށާފައި ވާއިރު، މި މަހުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން އިޓާލިއަން ލީގު އަލުން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޑި މާރިއާ ބުނީ ފްރެންޗު ލީގު ކެންސަލް ކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ މާ އަވަހަށް ކަމަށެވެ. އެގޮތުން އެހެން ލީގުތަކެކޭ އެއްގޮތަށް ފްރާންސްގައި ވެސް ފުޓްބޯޅަ ލީގު ކުރިއަށް ގެންދެވޭނެ ކަމަށް ޑި މާރިއާ ބުންޏެވެ. އެކަމަކު ޑި މާރިއާ ބުނީ ލީގު މިހާރު ކެންސަލް ކޮށްފައި އޮތުމާއެކު، އެ ނިންމުން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ޑި މާރިއާގެ އިތުރުން މީގެ ކުރިން 2014ން 2017ށް ފްރާންސްގެ ކުޅިވަރާ ބެހޭ ވަޒީރުކަން ފުރުއްވި ޕެޓްރިކް ކެނާ ވެސް ވަނީ ފްރެންޗު ލީގު ކެންސަލް ކުރީ މާ އަވަހަށް ކަމަށް ވިދާޅުވެފައެވެ.

ފްރެންޗު ލީގު ކެންސަލް ކުރީ އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތްތަކަށް ކޮލިފައިވާ ޓީމުތައް ކަނަޑައެޅުމަށް ފަހު އެވެ. އެގޮތުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ އެއްވަނައިގައި އޮތް ޕީއެސްޖީ އާއި ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވީ ހަތަރުވަނައިގައި އޮތް ލިލް އާއި ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސް އެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށް ފަހު ޔޫރަޕުގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯނަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ލީގު ކެންސަލް ކުރުމާއެކު ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއެންސް އާއި ޓުލޫސް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

އެއާއެކު ލިޔޯން، އަމިއެންސް އަދި ޓުލޫސް އިން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުން އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ. އެހެންކަމުން ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ވަނީ ފްރާންސް ސަރުކާރުގެ އެންގުމަށް ލީގު ކެންސަލްކޮށްފައި ވާތީ އަލުން ލީގު ފަށަން ސަރުކާރުން އިސްނެގުމަށް އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު