Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލެ ފަރު ހަލާކުވުން

ގުޅިފަޅު ހިއްކަން ފެށި ދުވަހުން ފެށިގެން އެމަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލެ ފަރުމައްޗަށް!

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ވަނީ، އެ މަޝްރޫއު ކުރިއަށްދަނީ އީޕީއޭގެ ގަވާއިދާ ހިލާފަށްކަމަށް ބުނެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 10:35
ވިލިމާލެ ފަރަށް ލިބޭ ގެއްލުމާގުޅޭ ފޮޓޯއެއް

ވިލިމާލެ ފަރަށް ލިބޭ ގެއްލުމާގުޅޭ ފޮޓޯއެއް

ކ. ގުޅީފަޅުގައި ގާއިމުކުރެވޭ ޕޯޓު މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށި ދުވަހުން ފެށިގެން ވިލިމާލޭ ފަރަށް ގެއްލުންވަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ދިރާސާކުރުމުގެ މަސައްްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އާދިއްތަ ދުވަހުގެ ބޭއްވި ބައްދަލުވުމުމުގައި، މިމައްސަލައާ ގުޅިގެންގެ އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އާއި އިސްވެރިން، އަދި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި އިސްވެރިންގެ އިތުރުން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމާއި އީއައިއޭ ކޮންސަލްޓެންޓް ޑރ. އަހުމަދު ޝާއިގު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިމައްސަލައާ ގުޅިގެން ކޮމެޓީގައި ވާހަކަ ދައްކަވަމުން، މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ސްކޫލްތަކުގެ ދަރިވަރުން އެކި ހަރަކާތްތަކަށް ބޭނުންކުރަމުންދާ އަދި މާލެ ސަރަހައްދުގެ ރައްޔިތުންނަށް އަގެއް ނެތި ބޭނުންކުރަމުންދާ ހަމައެކަނި ފަރު ކަމަށެވެ.

ވިލިމާލެ ފަރަށް ގެއްލުންވަމުންދާ މައްސަލާގައި، ވިލިމާލެގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ވެސް މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ މިމައްސަލާގައި، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން އެންވަޔަރަމަންޓް ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއެއްވެސް ވަނީ ކޮމެޓީގެ މިބައްދަލުވުމުގައި އިއްވަވާ ދެއްވާފަ އެވެ.

ކޮރަލް އިންޓިޓިއުޓް ސިޓީގައި، ގުޅިފަޅުގައި މިހާރު ކުރަމުންދާ ބިން ހިއްކުމުގެ ސަބަބުން ހާއްސަކޮށް ފަރުތަކަށް އަދި ކަނޑުގެ ވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއްވަމުންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ފަޅު ހިއްކުމުމުގެ މަސައްކަތް ކުރަމުންދާއިރު، އުފެދޭ ކިސަޑާއި އޮޔާއެކު މުރަކަ، ގައުތަކުގެ މައްޗަށް އެޅި ފަރުތައް ހަލާކުވަމުންދާކަމަށާއި މި މަޝްރޫއު ހިނަގަމުންދަނީ މިފަދަ މަޝްރޫއަކުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކާއި ނުލާކަން ވެސް އެސިޓީގައި ބަޔާންކޮށްފައި ވެއެވެ.

ފަރުމައްޗަށް ކިސަޑުއެޅި މުރަކަ މަރުވުން ކުޑަކުރުމަށް ޝީލްޑް ސްކްރީން ކޮންނަމުންދާ ހިސާބުގައި ބޭނުންކޮށްފައި ނުވާކަމާއި، މިކަން މިގޮތަށް ކުރާނަމަ މިމަސައްކަތުގެ ތެރެއިން އުފެދޭ ކިސަޑުގެ ސަބަބުން އެ ހިސާބުގެ ޑައިވް ސައިޓްތަކަށް ނޭދެވޭ އަސަރުތައް ކުރާނެކަމާއި އަދި ވިލިމާލެ ފަރާ ހަމައަށް އޮޔާދާ ކިސަޑު ފޯރައި، މިހާރުވެސް ނޭދެވޭ އަސަރު ކުރަމުންދާކަން ކޮރަލް އިންސްޓިޓިއުޓުން ބުނެފައިވެއެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގައި މުރަކަ ހުދުވުމުގެ މައްސަލަ އިތުރުވަމުންދާ ދަނޑިވަޅެއްކަމުން މިއީ އިތުރަށް ކަންބޮޑުވާ ކަމެއްކަމަށާއި ތިމާވެއްޓަށް އިއާދަނުކުރެވޭފަދަ ބަދަލެއް އަތުވެދާނެކަމެއް ކޮށްފި ހާލަތެއްގައި ކުރެވޭ މަސައްކަތެއްގެ ބަދަލު ދިނުމަކާ ނުލާ އެ މަސައްކަތް ހުއްޓުވާ މަސައްކަތް ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުމުގެ ގާނޫނީ ބާރުވެރިކަން ކަމާބެހޭ ފަރާތްތަކަށް އޮތްކަންވެސް ކޮރަލް އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.

ކޮރަލް އިންސްޓިޓިއުޓުގެ ސިޓީގައި ބުނެފައިވާ ގޮތުގައި، އީޕީއޭގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓުގައި މަސައްކަތް ހިންގާ ދުވަސްވަރަކީ މުރަކަ ހުދުވުމުގެ މައްސަލަ ދިމާވާ ދުވަސްވަރެއްކަން ލަފާކުރެވޭ ދުވަސްވަރަކަށްވުމާއެކު ސަރުކާރުން އަންގާ އެންގުމަށް ވަގުތުން މަޝްރޫއުގެ ވެރިފަރާތުން ބޯލަނބަންވާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އީޕީއޭއަށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހުށަހަޅާފައިވާ ފަރާތަށް އިތުރު ޕްރޮޖެކްޓެއްގެ އީއައިއޭ ހުށަހަޅައިފިނަމަ ކުރިން ހެދި އީއައިއޭގައި ބަޔާންކޮށްފައިވަ މިޓިގޭޝަން ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވޭތޯ އަދި މޮނިޓަރިންގ ޕްރޮގްރާމް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ސްކްރީންކުރުމުގެ އުސޫލާއި އިންތިޒާމް ކަނޑައެޅުން މުހިއްމު ކަމަށްވެސް އެސީޓީގައި ބަޔާން ކޮށްފައި ވެއެވެ.

މީގެއިތުރުން، އީޕީއޭ މިނިވަންކޮށް، ތަންފީޒީ ބާރު ދިނުމަށް ވެސް ކޮރަލް އިންސްޓިޓިއުޓުގެ ސިޓީގައި ގޮވާލާފައި ވެެއެވެ. އަދި ކަނޑުތައް ހޫނުވެ މުރަކަތައް ހުދުވުން ނުވަތަ މުރަކަތައް ހަލާކުވާ ދުވަސްވަރެއްގައި ކަނޑުގެ ދިރުމަށް އަދި ގޮނޑުދޮއްތަކަށް އެއްވެސް އަސަރެއް ކޮށްފައިވާނެ ފަދަ މަޝްރޫއެއް ނުހިންގުން މުހިއްމު ކަމަށާއި ގުޅިފަޅުގައި މިހާރު ހިނގަމުންދާ ބިން ހިއްކުމުގެ މަސައްކަތްތައް ހިންގަމުންދަނީ އީޕީއޭގެ ގަވާއިދާ ހިލާފަށް ކަމަށްވާތީ އެ މަސައްކަތް މިހިނދުން މިހިނދަށް ހުއްޓުވާ ފެތުރެމުންދާ ކިސަޑުތައް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްފަހު އަދި މުރަކަތައް ހުދުވާ ދުވަސްވަރު ނިމުކަމަށް އައުމުން މެނުވީ މަސައްކަތް ފެށުމަށް އަލުން ހުއްދަ ނުދިނުމަށްވެސް ކޮރަލް އިންސްޓިޓިއުޓުގެ ސިޓީގައި ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު