Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުން

މެމްބަރު ހަސަން ލަތީފްގެ ވާހަކަތަކާއި ގުޅިގެން އަދާލަތު ޕާޓީގެ ބަހުގެ ހަމަލާތަކެއް!

ޝިދާތާ ވިދާޅުވީ އިމްރާން މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން ވަންނަނީ ދާހިލީ ވަޒީރުގެ ހައިސިއްޔަތުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 5 ޖޫން 2020 | ހުކުރު 17:33
އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން

މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތައް އިންސާފުވެރިކޮށް ތަހުގީގު ކުރައްވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް އަދާލަތު ޕާޓީގެ އިސްފަރާތްތަކުން ހޫނު ރައްދެއް ދެއްވައިފި އެވެ.

ގާނޫނޫ އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލިހުގައި ބޭއްވުނު ޖަލްސާގައި، މެމްބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މީޑިއާގައި މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަތަކާއި ނުރުހުންވެވަޑައިގެން ހަސަން ލަތީފް ވަނީ މިނިސްޓަރ އިމްރާން ޓެގު ކުރައްވާ ޓްވީޓު ކުރައްވާފަ އެވެ. ޓްވީޓުގައި ވަނީ، ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފްގެ ވާހަކަތަކާއި ގުޅިގެން، މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ހަސަން ލަތީފަށް ސީދާ އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޝޭހް އިމްރާން މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށް ވަންނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫންކަމަށާއި ދާހިލީ ވަޒީރުގެ ހައިސިއްޔަތުން ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރަން ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރަންވާނީ އަދި ބޮޑު ބިޔަ ޕާޓީގެ ޗެއަރޕާސަންކަން ކުރަންވާނީ އެވަރު ދަންނަ ބޭފުޅުންކަމަށް ވެސް ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި ޕާޓީ ކިތަންމެ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީން ކަމަށެވެ. މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އެޑްވައިޒަރ އަދި އެމްޕީއެލްގެ ޗެއަރމަން ނަޒާކީ ޒަކީ ވެސް ވަނީ ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ވޯޓު ދެނީ މާޒީގައި ވެފައި ހުރި ކަންތައް ތަކުރާރުނުވެ ގައުމު އާރާސްތުކުރާނެކަމުގެ ފޮނި އުންމީދުގައިކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް ރަނގަޅުކަންތަކާއި ގޯސްކަންތައް ހުންނަކަމަށާއި ބަދަލަކަށް އެދެނީ ރަނގަޅު ކަންތަކަށް ވުރެން ގޯސް ކަންތައް ގިނަވެ އަލަށް އަންނަން އުޅޭ ފަރާތްތަކުގެ ސިޔާސަތުތަށް ރަނަގަޅުވުމުން ކަމަށެވެ.

ކޮންމެ ބަޔަކަށްވެސް އާރާއި ބާރު ލިބުމުން އަމިއްލަ މަސްލަހަތު އިސްކޮށް އަމިއްލައަށް ކުރިއަރައި ދާން ބޭނުންވާކަން ފާހަގަވާކަމަށް ވިދާޅުވެ ޒަކީ ވަނީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާންނެތި ކަންކަން ނުކޮށްތިބެ އެހެން ބައެއްގެ ބޮލުގައި ބަދުނާމް އަޅުވާކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިޔާއަށް ހުންނަ މީހާއަށް ކަންތައް ނުކުރެވި، ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ވެރިޔާގެ އަގުހިފަހައްޓަން ކުރީ ސަރުކާރޭ ކިޔައި ހަގީގަތް އޮއްބާލަން މަސައްކަތް ކުރާކަން ފާހަގަވާކަމަށެވެ. ޒަކީ ވިދާޅުވީ މި ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނަށް ޒިންމާ އަދާ ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރުން ލަސްވާ މައްސަލައިގައި ޖަލުތަކުގެ ހާލަތުގެ މައްސަލައިގައި ހޯމް މިނިސްޓަރަށް ވެސް ޒިންމާ އަދާނުކުރެވޭ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު