Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީއެފްއެލް ޗެމްޕިއަންޝިޕުގެ މީހުން ޕޮޒިޓިވްވުން

އީއެފްއެލް ޗެމްޕިއަންޝިޕުން އިތުރު ނުވަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

4 ޖޫން 2020 | ބުރާސްފަތި 07:54

މި ބުރުގައި ވަނީ 1،220 މީހުން ޓެސްޓު ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2020 | ބުރާސްފަތި 07:54
ޝެފީލްޑް ވެންސްޑޭ އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ޝެފީލްޑް ވެންސްޑޭ އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ން އިތުރުން ނުވަ މީހަކު ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19)ށް ޕޮޒިޓިވްވެއްޖެ އެވެ.

އީއެފްއެލް އިން އަންނަނީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ހަތަރުވަނަ ބުރުގެ ޓެސްޓުތަކުން އިތުރު ނުވަ މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. މި ނުވަ މީހުން ނިސްބަތްވަނީ ހަ ކްލަބަކަށް ކަން އީއެފްއެލް އިން ވަނީ ހާމަކޮށްފަ އެވެ.

ހަތަރު ވަނަ ބުރުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުން ނަން އީއެފްއެލުން ހާމަނުކުރި ނަމަވެސް، ޕްރެސްޓަން ނޯތު އެންޑް އެފްސީ އާއި ޝެފީލްޑް ވެންސްޑޭ އިން ވަނީ އެ ކްލަބުތަކުގެ އޮފިޝަލުން ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފަ އެވެ.

ހަތަރުވަނަ ބުރުން ޕްރެސްޓަން ނޯތު އެންޑް އެފްސީގެ އޮފިޝަލަކު ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، ތިންވަނަ ބުރުގައި ހެދި ޓެސްޓު ތަކުން އެ ކްލަބުގެ ފޯވާޑް ޖޭޑެން ސްޓޯކްލީ ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ތިންވަނަ ބުރުގައި ޖުމުލަ 10 މީހަކު އީއެފްއެލް ޗެމްޕިއަންޝިޕުން ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، މިޑްލްސްބްރާ އާއި ކާޑިފް ސިޓީން ވަނީ އެ ކްލަބުގެ އޮފިޝަލަކު ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފަ އެވެ.

އަދި ދެވަނަ ބުރުގެ ޓެސްޓުތަކުން ބްލެކްބާންގެ ޑިފެންޑަރު އެލިއޮޓް ބެނެޓް އާއި ފުލަމްގެ ދެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ފުރަތަމަ ބުރުން ހަލް ސިޓީގެ ދެ މީހަކު ވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މަރޗު މަހު އިންގްލެންޑުގައި ފުޓުބޯޅަ މުބާރާތްތައް ހުއްޓާލިއިރު، ޖޫން މަހުން ފެށިގެން ފުޓުބޯޅަ މުބާރާތްތައް އަލުން ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ދީފައެވެ. އެކަމަކު އީއެފްއެލް އިން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް