Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ ޕޮޒިޓިވްވީ ކަމަށް ދެކެވޭ ވާހަކަ

ޑރ. މޫސާ ކޮވިޑަށް ޕޮޒިޓިވް ނުވޭ، ސައްހަ ނޫން މައުލޫމާތު ނުފަތުރާ: މަބްރޫކް

ސޯޝަލް މީޑިއާގައި ތެދު ނޫން މައުލޫމާތު ނުފެތުރުމަށް ޑރ. މޫސަ ވަނީ ވިދާޅުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖޫން 2020 | ހޯމަ 20:14
ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. މޫސާ ހުސައިން؛ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ ވަނީ ދޮގުކުރައްވާފައި

ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. މޫސާ ހުސައިން؛ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ ވަނީ ދޮގުކުރައްވާފައި

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭ ޓީމުގައި އިސްކޮށް ޙަ ރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޕުލްމޮނަލަޖިސްޓް ޑރ. މޫސާ ހުސައިން ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށް ވިދާޅުވެ، ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ގޮވާލައިފި އެވެ.

މަބްރޫކް މިހެން ވިދާޅުވީ ޑރ. މޫސަ ކޮވިޑް-19ށް ޕޮޒިޓިވްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި ވަނީ ޑރ. މޫސައަށް ކޮވިޑް ޖެހުނުކަން އެނގުނީ އެ ބަލި ޖެހިފައި ރަނގަޅުވި ފަހުން، ހެދި އެންޓި ބޮޑީސް ޓެސްޓަކުން ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ޑރ. މޫސާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑރ. މޫސަގެ ޢާއިލާއާއި ގާތް ރަހުމަތްތެރިންނާއި ޑރ. މޫސައަށް ދެއްކި ބަލީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާތީ އެކަމުގެ ކަނބޮޑުވުން ޑރ މޫސަ ފާޅުކުރެއްވިކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓާއި ގުޅިގެން ޑރ. މޫސަ އެފްބީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޙާލު ރަނގަޅުކަމަށާއި، ކޮވިޑަށް ޓެސްޓް ކުރުމަށް އެއްވެސް ސާމްޕަލެއް ނަގާފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ފަތުރަމުންދާ މީހަކު އެ ޕޯސްޓްތައް ވަގުތުން ނެގުމަށާއި، މިފަދަ ދޮގު މަޢުލޫމާތުތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް ޑރ. މޫސަ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު