Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއެމްވީގެ ލިޔުމެއް ކޮޕީކުރި މައްސަލަ

ރާއްޖެއެމްވީ ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް އެހެން 2 އޮންލައިން ނޫހެއްގައި ޝާއިޢުކުރި ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

އެ ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއްކަމުގައި ދެއްކުމަށްޓަކައި ކޮށްފައިވަނީ ޖިނާޢީ ކުށުގެ އަމަލެއްކަމުގައިވާތީ އެ މައްސަލަ ބެލުމަށް އެދިފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖޫން 2020 | ހޯމަ 16:34
ފުލުހުންގެ ހެޑްކުއާޓާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ؛ 2 ނޫހަކުން ރާއްޖެ އެމްވީގައި ލިޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއް ކޮޕީކުރި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި

ފުލުހުންގެ ހެޑްކުއާޓާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ؛ 2 ނޫހަކުން ރާއްޖެ އެމްވީގައި ލިޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއް ކޮޕީކުރި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި

ރާއްޖެއެމްވީ ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ކޮޕީކޮށް އެލިޔުން އަސްލާ އެއްގޮތަށް "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" ޝާއިޢުކުރި ކުރި މައްސަލައިގެ ޖިނާޢީ ތަހުޤީޤެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރާއްޖެއެމްވީ ގެ ފަރާތުން 01 ޖޫން 2020 ގައި ހުށަހަޅައިފި އެވެ.

ރާއްޖެއެމްވީ އިން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅި ސިޓީގައި ރާއްޖެއެމްވީ ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ކޮޕީކޮށް އެލިޔުން އަސްލާ އެއްގޮތަށް "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" ޝާއިޢުކުރި ކުރުމަކީ ރާއްޖެއެމްވީ ގެ މިލްކިއްޔާތެއް ހުއްދަނެތި ބޭނުންކުރިކުރުމެއްކަމަށް ފާހަގަކޮށް މިކަމަކީ "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު" (ޤާނޫނު ނަންބަރ 2010/23)ގެ 3 ވަނަ މާއްދާގެ ދަށުން ހިމާޔަތް ލިބިދިފައިވާ ރާއްޖެއެމްވީ ގެ ޙައްޤަކަށް އަރައިގަތުން ކަމުގައިވާތީ އެކަން ފާހަގަކޮށްފައި ވެއެވެ.

އަދި އެ އަމަލަކީ މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއްކަމުގައި، ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ޞައްޙަނޫން ގޮތުގައި ދެއްކުމަށްޓަކައި ކޮށްފައިވަނީ ޖިނާޢީ ކުށުގެ އަމަލެއްކަމުގައި ވެސް ފާހަގަކޮށްފައި ވެއެވެ. އެކަންތައްތަކަށް ރިޢާޔަތްކޮށް މި މައްސަލައިގައި ހިމެނެ ޖިނާއީ ކުށްތަކުގެ ތަޙުޤީޤުކޮށްދިނުމަށް އެދި، ރާއްޖެއެމްވީ ގެ ފަރާތުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލަ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ރާއްޖެއެމްވީ ގައި 27 މެއި 2020ގައި ޝާއިޢުކޮށްފައިވާ ރިޕޯޓް "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" ވެބްސައިޓުގައި ޝާއިޢުކުރި މައްސަލައާ ގުޅިގެން އެ ދެފަރާތަށް "ކޮންޓްރިބިއުޓްކުރާ" ލިޔުންތެރިއަކު މަކަރާ ހީލަތް ހަދާފާއިވާކަމަށް އެފަރާތުން ތުހުމަތު ކޮށްފައިވުމާއި އަދި ރާއްޖެއެމްވިގެ ނޫސްވެރިއެއް ލިޔެ ޝާއިޢުކޮށްފައިވާ ލިޔުމެއް ރާއްޖެއެމްވީ ގެ ހުއްދަނެތި "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" އަދި އެފަރާތްތަކުން ތުހުމަތުކުރާ "ކޮންޓްރިބިއުޓްކުރާ ލިޔުންތެރިއަކު" ބޭނުންކޮށްފައިވާކަމަށް ބެލެވެތީ މިއި ދިވެހިރާއްޖެގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އޮޅުވާލުމާއި މަކަރާ ޙީލަތުގެ އަމަލެއްކަމަށް ބެލެވޭތީ މިކަންވެސް މިމައްސަލައިގެ ތެރޭގައި ވީހާވެސް އަވަހަކަށް ތަޙުޤީޤުކޮށް ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސައިވިސް ގައި ރާއްޖެ އެމްވީގެ ފަރާތުން ވަނީ އެދިފަ އެވެ.

މި މައްސަލައާ ގުޅޭ އިލްކްޓްރޯނިކްސް އެވިޑެންސްތައް ރާއްޖެއެމްވީ ގައި ހުރުމާއެކު މިމައްސަލައިގެ ތަޙުޤީޤުގައި އެތަކެތިގެ ފޮރެންސިކް ތަޙުލީލުކުރުމަކީ މުހިއްމުކަމެއްކަމުގައި ފެންނާތި އެކަމަށް ވެސް ނޫހުގެ ފަރާތުން ވަނީ އެދިފަ އެވެ.

މި މައްސަލައިގެ ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ރާއްޖެއެމްވީ ގެ ފަރާތުން އެދިފައިވާއިރު، މިމައްސަލައިގައި "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" ދެ ނޫހުން "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލަޤީ މިންގަނޑާ" ހިލާފަށް އަމަލުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ ނިންމާފަ އެވެ.

މިމައްސަލަ ބެލުމަށްފަހު މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގުގެ ނިންމުމުގައި، އެ ކައުންސިލުން އާންމުކޮށްފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު"ގެ 7 ވަނަ މާއްދާއާ "ފެށުން އޮންލައިން" ނޫހުން ޚިލާފުވެފައިވާކަމަށް މެންބަރުންނަށް އިއްތިފާގުވެވޭތީ އެފަދަކަމެއް ތަކުރާރުނުކުރުމަށް "ފެށުން އޮންލައިން" ނޫހަށް ނަސޭހަތް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން "ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ސުރުހީގެ ދަށުން ރާއްޖެއެމްވީ ގައި 27 މެއި 2020 ގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކީ ރާއްޖެ އެމްވީގެ ސީނިއަރ ޖަރނަލިސްޓް އަމްނާ އިމާދު ލިޔެ ޝާއިޢުކޮށްފައިވާ ރިޕޯޓެއްކަމަށް ރިކޯޑްތަކުންނާއި އެ ނޫސްވެރިޔާގެ ބަހުންނާއި ރާއްޖެއެމްވީ އިން އާންމުކޮށްފައިވާ މަޢުލޫމާތުން ހަމަވާކަމަށް މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވެސް ފާހަގަކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު