Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހުށައެޅި ބިލުން ޝަރުއީ އިޖުރާއަތުތަކަށް ލުއިތަކެއް!

1 ޖޫން 2020 | ހޯމަ 13:37

ކޯޓުތަކުގެ ޝަރީއަތްތައް ހިންގުމުގެ ބައެއް އުސޫލުތަކަށް ބަދަލު ގެނައުމަށް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2020 | ހޯމަ 13:37
ޕީޖީ އޮފީހުން ކޯޓުތަކާ ގުޅިގެން ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުންތައް ކުރިއަށް ގެންދަނީ- އަޑުއެހުންތައް ބޭއްވޭނެ އުސޫލުތައް ކަނޑައެޅުމަށް ބިލުގައި ވަނީ ހުށައަޅާފައި

ޕީޖީ އޮފީހުން ކޯޓުތަކާ ގުޅިގެން ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުންތައް ކުރިއަށް ގެންދަނީ- އަޑުއެހުންތައް ބޭއްވޭނެ އުސޫލުތައް ކަނޑައެޅުމަށް ބިލުގައި ވަނީ ހުށައަޅާފައި

ކޮވިޑް-19 އާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ޝަރުއީ އިޖުރާއަތުތަކަށް ބޮޑެތި ލުއިތަކެއެ ހުށައަޅުއްވައިފި އެވެ.

ކޮވިޑް-19 އާގުޅޭ ޚާއްޞަ ބިލެއް ހުކުރު ދުވަހު އެޓަރނީ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވާއިރު، ބިލުގެ 8 ވަނަ ބާބުގައި ވަނީ ދައުލަތުގެ ހިންގުމާ ގުޅޭ ޚާއްސަ އުސޫލުތަކެއް ބަޔާންކޮށްފަ އެވެ. އެގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތެއްގެ ހާޒިރުގައި ކުރުމަށް ޤާނޫނުން ލާޒިމުކުރާ ކަންކަން ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ގޮތަށް ބިލުގައި ހުށައަޅުއްވާފައިވެ އެވެ. އަދި އެކަންކަން ހަމަޖައްސާނީ ކަމާބެހޭ ދައުލަތުގެ އިދާރާއިން ޢާންމުކޮށް ޝާއިއުކުރާ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ބުނެފައި ވެއެވެ.

Advertisement - newsAdvertisement

"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި އެކުލަވާލި މި ބިލުގައި ވަނީ ކޯޓުތަކުގެ ޝަރީއަތްތައް ހިންގުމުގެ ބައެއް އުސޫލުތަކަށް ވެސް ބަދަލު ގެނައުމަށް ހުށައަޅާފައެވެ. އެގޮތުން ޝަރީޢަތްތައް ޢާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދެވޭނެ ޙާލަތްތައް މިހާރުވެސް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައި ވާކަން ފާހަގަކޮށް ބިލުގައި ބުނެފައި ވަނީ، އޭގެ ތެރޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ހިމެނިފައި ނުވާ ކަމަށެވެ. އެއާއެކު އެފަދަ ޙާލަތްތަކުގައި ޝަރީޢަތްތައް ޢާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށް ބިލުގައި ހުށައަޅާފައި ވެއެވެ.

އޭގެ އިތުރުން، އޯޑިއޯ/ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމަށް މަގުފަހި ކުރުމަށް ޤަވާއިދުތައް ހެދުމާއި، މައްސަލަތަކުގެ ޚަސްމުން ޝަރީޢަތްތަކަށް ހާޒިރު ކުރުމުގައި މިހާރު ޢަމަލު ކުރެވޭ އުޞޫލުތަކަށް ބަދަލު ގެނައުމުގެ ބާރު ކޯޓުތަކަށް ދިނުމަށްވެސް ވަނީ ހުށައަޅާފަ އެވެ. އަދި ކޯޓުތަކުގެ ހިންގުމުގެ ޝަރުއީ އިޖުރާޢަތުތަކަށް ލުއިތަކެއް ދިނުމުގެ ގޮތުން ނިންމުންތައް ނިންމުމާއި، އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން މައްސަލަ ހުށައެޅުމާއި، ލިއެކިއުންތައް ޙަވާލު ކުރެވޭނެ ގޮތަށް ޤާނޫނުގެ ދަށުން ބަދަލުތައް ގެނައުމަށް ވަނީ ހުށައަޅާފައެވެ.

މި ބިލުގައި ވަނީ ކޯޓުތައް ހިންގާ އުޞޫލު ޓްރައިބިއުނަލް ތަކަށްވެސް ހިނގާ ގޮތަށް ހަމަޖެއްސުމަށްވެސް ހުށައަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އެއް ބޭނުމަކީ ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާޢަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް