Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީން ކުއްޔަށް ލުއި ދިނުން

ޖޫން އަދި ޖުލައި މަހުވެސް ކުލި ލުއިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފި

1 ޖޫން 2020 | ހޯމަ 08:57

ކުލީގެ 30 އިންސައްތައަށްވާ ފައިސާ ދެއްކުން ވަނީ ފަސްކޮށްދީފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖޫން 2020 | ހޯމަ 08:57
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން - ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ލުއިތަކެއް ދީފައިވޭ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން - ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ލުއިތަކެއް ދީފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދޭން ނިންމާފައިވާ ކުލީގެ ލުއިކަން ޖޫން އަދި ޖުލައި މަހުވެސް ލިބޭނެ ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ ރާއްޖޭގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެކޯޕްރޭޝަނުން ދޫކޮށްފައިވާ ފުލެޓު، ގޯތި، ރޯހައުސް އަދި ކޯމާޝަލް ޔުނިޓް ތަކާއި ސިނާއީ ބިންތަކަށް އޭޕްރިލް އަދި މޭ މަހު ދައްކަންޖެހޭ ކުލީގެ 30 އިންސައްތައަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން ޖޫން އަދި ޖުލައި މަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ އޭޕްރިލް، މޭ، ޖޫން އަދި ޖުލައި މަހުގެ ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކުރަން ބޭނުންވާ މީހުން އެކަމަށް އެދި 31 ޖުލައި 2020 ގެ ނިޔަލަށް، މިކޯޕަރޭޝަނުގެ "މައި ހުޅުމާލެ" ވެބްޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށައެޅޭނެ ކަމަށެވެ.

އެގޮތުން މި 4 މަހުގެ ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކޮށްދީފައިވަނީ 31 މާރޗް 2020 އާ ހަމަޔަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާފައިވާ މީހުންނަށް ކަމަށެވެ. އަދި ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 70 އިންސައްތަ މިކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު 15 އޯގަސްޓް 2020 އާއި ހަމަޔަށް ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ 4 (ހަތަރެއް) މަހުގެ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އެކޯޕަރޭޝަނަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް (ކަސްޓަމަރު އެދޭ ގޮތުގެ މަތިން) ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ނޮވެންބަރު މަހު ކަމަށެވެ.

އެޗްޑީސީން ބުނީ ފައިސާ ދެއްކުން ފަސްކުރެވޭ މުއްދަތު ނިމިގެން ހިނގާ ފުރަތަމަ 3 މަސް ދުވަހު ކަސްޓަމަރު ދައްކަންޖެހޭނީ ކުރިންވެސް ދައްކަމުން ދިޔަ އިންސްޓޯލްމަންޓް ކުލީ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން މިކޯޕަރޭޝަނުން އަމަލުކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއް ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ ކޮވިޑް-19އާއި ގުޅިގެން އެކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ 4 މަސްދުވަހުގެ ކުލީގެ 30 އިންސައްތަ ފަސް ކުރުމަށް ބޭނުންވާ ފަރާތްތަކުން "މައި ހުޅުމާލެ" ވެބްޕޯޓަލް ގައިވާ ކޮވިޑް-19 އާއި ގުޅިގެން ފައިސާ ދެއްކުން ފަސްކުރުމަށް ހުށައަޅާ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު، 31 ޖުލައި 2020 ގެ ކުރިން ފޮނުވުމަށް އެދޭ ކަމަށެވެ. އަދި އޭޕްރިލް، މޭ މަހުގެ އިންސްޓޯލްމަންޓް ކުލި ފަސްކުރުމަށް މިހާތަނަށް ފޯމު ހުށައަޅާފައިވާ ފަރާތްތަކުން އިތުރު ފޯމެއްހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރައްވަން މިކޯޕަރޭޝަނުގެ ވައިބަރ ނަންބަރު 7290448އަށް މެސެޖް ކުރެއްވުން ނުވަތަ covidsupport@hdc.com.mv އަށް އީމެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖޫން 2017

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ

19 ޖޫން 2017
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ
08 ޖޫން 2017

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

08 ޖޫން 2017
ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
22 މެއި 2017

ޖޫން 5 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި

22 މެއި 2017
ޖޫން 5 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
16 މާރިޗު 2017

އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި

16 މާރިޗު 2017
އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް