Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ދެ ފެތުންތެރިއަކު މަރުވުން

ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓި އިޓަލީގެ ދެ ފެތުންތެރިއަކު މަރުވެއްޖެ

މި ހާދިސާގައި މަރުވީ ފަބިއޯ ލޮމްބީނީ އާއި ޖޮއެލޭ ރޮއްސެއްޓީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 މެއި 2020 | އާދީއްތަ 21:28
ބޯޓު ވެއްޓިގެން މަރުވި އުމުރުން 22 އަހަރުގެ ފަބިއޯ ލޮމްބީނީ އާއި އުމުރުން 23 އަހަރުގެ ޖޮއެލޭ ރޮއްސެއްޓީ

ބޯޓު ވެއްޓިގެން މަރުވި އުމުރުން 22 އަހަރުގެ ފަބިއޯ ލޮމްބީނީ އާއި އުމުރުން 23 އަހަރުގެ ޖޮއެލޭ ރޮއްސެއްޓީ

ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ވެއްޓި އިޓަލީގެ ދެ ފެތުންތެރިއަކު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ފަބިއޯ ލޮމްބީނީ އާއި އުމުރުން 23 އަހަރުގެ ޖޮއެލޭ ރޮއްސެއްޓީ އެވެ. މި ދެ ފެތުންތެރިން މަރުވިކަން އީޓާލިއަން ސްވިމިންގ ފެޑެރޭޝަން (ފިން) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފަބިއޯ ލޮމްބީނީ އާއި ޖޮއެލޭ ރޮއްސެއްޓީ ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ނައްޓާލިތާ މާގިނައިރުތަކެއް ނުވެ ވަނީ ވެއްޓިފަ އެވެ. އަދި ވެއްޓުނު ގޮތަށް އެ ބޯޓު ގޮވި މަންޒަރު ފެނުން ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ފަބިއޯ ލޮމްބީނީ އާއި ޖޮއެލޭ ރޮއްސެއްޓީ ދަތުރުކުރަމުންދިޔަ މަތިންދާބޯޓަކީ "ކްރޭޒީ ފްލައި ފްލައިޓް ސްކޫލް" ގެ މަތިންދާބޯޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ހާދިސާ ހިނގިއިރު، ބޯޓު ދުއްވަން އިނީ ޖޮއެލޭ ރޮއްސެއްޓީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އީޓާލިއަން ސްވިމިންގ ފެޑެރޭޝަން (ފިން) އިން ނެރުނު ބަޔާނެއްގައި ބުނީ ޒުވާން ދެ ފެތުންތެރިއަކު މަރުވި ޚަބަރަކީ ލިބުނު ބޮޑު ސިހުމެއް ކަމަށެވެ. އަދި އެ އިދާރާއިން ވަނީ އެ ދެ ފެތުންތެރިންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ.

މި ހާދިސާގައި މަރުވި ފަބިއޯ ލޮމްބީނީ އަންނަނީ އިޓާލިއަން ނެޝަނަލް ސްވިމިންގ ކޮމްޕްލެކްސްގައި ތިން ދުވަހުގެ ތަމްރީނު ކޭމްޕެއްގައި ބައިވެރިވަމުންނެވެ. މީގެ ކުރިން އޭނާ ވަނީ އިޓާލިއަން ސްވިމިންގ ޗެމްޕިއަންޝިޕްގެ 200 މީޓަރު ފްރީސްޓައިލް ބައިން ރިހި މެޑަލް ހޯދާފަ އެވެ. އަދި މި ހާދިސާގައި މަރުވީ ޖޮއެލޭ ރޮއްސެއްޓީ ވެސް ވަނީ ޔޫތް ލެވެލްގައި ގިނަ ކަމިޔާބީތަކެއް ހޯދާފަ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

އިޓާލިއަން ސެރީއޭ: އެއްވަރުވެ އިންޓަ ހަތަރުވަނައަށް ވެއްޓިއްޖެ

22 ޖެނުއަރީ 2018
އިޓާލިއަން ސެރީއޭ: އެއްވަރުވެ އިންޓަ ހަތަރުވަނައަށް ވެއްޓިއްޖެ
09 ޖެނުއަރީ 2018

އިޓަލީގެ ކުޅުންތެރިންގެ މެދުގައި އެންމެ މަޝްހޫރު މަންޒިލަކީ ރާއްޖެ

09 ޖެނުއަރީ 2018
އިޓަލީގެ ކުޅުންތެރިންގެ މެދުގައި އެންމެ މަޝްހޫރު މަންޒިލަކީ ރާއްޖެ
21 ނޮވެމްބަރު 2017

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

21 ނޮވެމްބަރު 2017
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި
20 ނޮވެމްބަރު 2017

އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!

20 ނޮވެމްބަރު 2017
އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!
16 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!

16 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު