Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރިކައާއި ބެހޭ ގަވާއިދު

ތަރިކައާއި ބެހޭ ގަވާއިދުތައް ހަދައި ގެޒެޓް ކުރަން ފޮނުވައިފި

31 މެއި 2020 | އާދީއްތަ 16:37

މިހާރު އެ ގަވާއިދުތައް ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ވަނީ ފޮނުވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2020 | އާދީއްތަ 16:37
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން - ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން - ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލައި، ގެޒެޓު ކުރުމަށް ފޮނުއްވަވާފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، އެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިންމައި، އެޓާނީ ޖެނެރަލްއާއި ކަމާއިބެހޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހު، އެ ޚިޔާލުތަކަށް ރިއާޔަތްކޮށް ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ގަވާއިދުތައް ގެޒެޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭނެ ކަމަށް އެ ގަނޫނުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދާއި ދާރުލްއާސާރު ހިންގުމުގެ ގަވާއިދެވެ.

މިނިސްޓަރު ޔުމްނާ އިތުރަށް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެގެން މަސައްކަތް ކުރަން ފެށިފަހުން ވެސް މިނިސްޓްރީގެ ދާއިރާތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މާރިޗު މަހު ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ރައީސް ސޯލިހު ނިންމެވުމާއި ގުޅިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ ހުރިހާ ޚިދުމަތްތައް ފޯނާއި އޮންލައިން މަންސަތައް މެދުވެރިކޮށް މެދުކެނޑުމެއްނެތި ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރަމުންދާއިރު، މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހުރި އެކި ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް ހަދަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީގެ ދާއިރާގެ ތެރެއިން ހޭލުންތެރިކަން އިތުރު ކުރުމަށާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އޮންލައިން ޕްރޮގްރާމްތަކާއި ލެކްޗަރތައް ކުރިއަށްދާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މީގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީން މިހާތަނަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ، އަދި މިހާރު ކުރިއަށްގެންދާ ކޯސްތަކާއި، އާދީއްތަ ދުވަހުގެރޭ ގައުމީ ކުތުބުޚާނާއިން ފެށުމަށް ހަމަޖެހިފައިވާ އޮންލައިން ކޯސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި އާމްދަނީ ހޯދުމުގައި ފަންނާނުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ދުރާލައި މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ އެކިއެކި އެހީގެ ސްކީމްތަކުގެ ތެރެއިން ފަންނާނުންނަށް އެހީ ވެވެމުންދާ ކަމަށެވެ. މީގެ އިތުރުން އޮލިމްޕަސް ބަންދުކުރުމާއި ގުޅިގެން ފިލްމީ ދާއިރާ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައިވާތީ، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އެހީވުމަށާއި، އެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް، ޓިވީ ޗެނަލްތަކާއި މަޝްވަރާ ކުރުމަށް ނިންމަވާފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޮންލައިން ސްޓްރީމިންގ މަންސަތައް މެދުވެރިކޮށް ފަންނުވެރި އުފެއްދުންތައް އާންމުކޮށް، އޭގެން ފަންނާނުންނަށް ފައިދާވާނެ ވިޔަފާރީގެ މޮޑިއުލްއެއް ހަރުދަނާކުރުމުގެ މުހިއްމުކަން ވެސް މިނިސްޓްރީގެ އިސް ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުހައްމަދު ޠާރިގު ވިދާޅުވީ، މަރާމާތަށްޓަކައި މިހާރު ބަންދުކޮށްފައިވާ މާލޭ ހުކުރު މިސްކިތް، މިހާރު ކުރިއަށްދާ ފުރަބަންދު ނިމި، މިސްކިތްތައް ހުޅުވާއިރު ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިމަށް ނިންމާފައިވާ އެ މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުން، މަސައްކަތް ކުރިއަށްދާގޮތަށް ބަލައި، މިސްކިތުގެ އެކި ބައިބައި ބަންދުކުރަންޖެހޭނެކަން ތާރިގު ފާހަގަކުރެއްވިއެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އެނގޭނީ މިވަގުތު ދިމާވެފައިވާ އާލަމީ ވަބާގެ ޙާލަތުން ކޮންމެވެސް ވަރަކަށް އަރައިގަނެވިގެންކަން ހެރިޓޭޖް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް