Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްގެ ހިދްމަތް

ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލަންދެން ލިޔެކިޔުންތައް ބަދަލު ކުރާނީ އީމެއިލްއިން: ކަރެކްޝަން

31 މެއި 2020 | އާދީއްތަ 08:01

ކުށުގެ ރެކޯޑާއި ސިޓީފަދަ ލިޔުންތައް ފޮނުވުމަށް info@corrections.gov.mv އީމެއިލް ކުރެއްވުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 މެއި 2020 | އާދީއްތަ 08:01
މާލެގައި ހުންނަ ކަރެކްޝަނަލް ސަރވިސްގެ ޖަލު: ގިނަ އޮފީސްތަކުން އޮންލައިންކޮށް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިދްމަތްތައް ދިނުމަށް ވަނީ ނިންމާފައި

މާލެގައި ހުންނަ ކަރެކްޝަނަލް ސަރވިސްގެ ޖަލު: ގިނަ އޮފީސްތަކުން އޮންލައިންކޮށް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިދްމަތްތައް ދިނުމަށް ވަނީ ނިންމާފައި

ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލަންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް)އިން އާންމުންނަށް ދެމުންގެންދާ ބައެއް ޚިދުމަތްތައް އިންޓަރނެޓް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ދިނުމަށް ނިންމައިފި އެވެ.

އާދިއްތަ ދުވަހު ކަރެކްޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ މި ހާލަތުގައި، ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލަންދެން، ކަރެކްޝަންސްއިން އާންމުންނަށް ދެމުންދާ ބައެއް ޚިދުމަތްތައް ކަމަށްވާ ކުށުގެ ރިކޯޑް ސާފު ކުރުމާއި ސިޓީތަކާއި އެހެނިހެން ލިޔުންތަކާއި ބިލުތަކާއި ކޯޓޭޝަންތަކާއި އެނޫންވެސް ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ އީމެއިލް އެޑްރެސްތަކެއް އާންމު ކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން، ކުށުގެ ރެކޯޑް ސާފު ކުރުމަށް، ރެކޯޑް ފޯމް، info@corrections.gov.mv އަށް އީމެއިލް ކުރުމާއި، އާންމު ފަރާތްތަކުން ކަރެކްޝަންސްއަށް ހުށަހަޅަން ބޭނުންވާ ސިޓީތަކާއި އެހެނިހެން ލިޔުންތައް info@corrections.gov.mv އަށް އީމެއިލް ކުރެއްވުމުގެ އިތުރުން ބިލުތަކާއި ކޯޓޭޝަންތަކާއި އެނޫންވެސް އެފަދަ ލިޔުންތައް procurement@corrections.gov.mv އަށް އީމެއިލް ކުރެއްވުމަށް އެސަރވިސުން އެދިފައި ވެއެވެ.

މީގެއިތުރުން، މައުލޫމާތު ސާފު ކުރެއްވުމަށް، ހުކުރު އަދި ހޮނިހިރު ދުވަސް، ފިޔަވާއި ކޮންމެ ދުވަހެއްގެ ވެސް 10:00 އިން 14:00އާ ދެމެދު ކަރެކްޝަންސްގެ ހޮޓްލައިން ނަންބަރު، 3312694 އަށް ގުޅުއްވުން އެދޭކަމަށް ވެސް ކަރެކްޝަނުން އެދިފައި ވެއެވެ.

ކޮވިޑް-19ގެ މި ހާލަތާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި ވާއިރު، މިމަހުގެ 29ން ފެށިގެން ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައި ވާތީ، ސަރުކާރުގެ އޮފީސްތައް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ވަކި ގަޑިތަކެއް ހުޅުވާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން މިވަނީ ނިންމާފަ އެވެ.

ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެމުންދިޔަ ނަމަވެސް، ކަރެކްޝަނުން ބަލަހައްޓަމުންދާ އެއްވެސް ޖަލެއްގައި މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް