Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަހާގެ މަޤާމުގެ މަސްއޫލިއްޔަތު

މިނިސްޓަރު ޒަހާ އިސްތިއުފާއަށް ސަރުކާރު މެމްބަރުން ގޮވާލައްވައިފި

30 މެއި 2020 | ހޮނިހިރު 11:30

އެމްޑީޕީގެ "އެޖެންޑާ 19"ގައި މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވޭ އަދި މިއީ ސަރުކާރުގެ ރިޔާސީ ވައުދެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 މެއި 2020 | ހޮނިހިރު 11:30
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަނީ ޒަހާއަށް މަގާމުގެ ޒިންމާ އަދާ ނުކުރެއްވޭ ކަމަށް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަނީ ޒަހާއަށް މަގާމުގެ ޒިންމާ އަދާ ނުކުރެއްވޭ ކަމަށް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދަށް މަޤާމުގެ ޒިންމާ އަދާނުކުރެއްވޭ ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވުމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފި އެވެ.

ޒަހާގެ އިސްތިއުފާއަށް މެމްބަރުން ގޮވާލެއްވީ، ޒަހާއަށް މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށްވިދާޅުވެ، މަޖިލީހުގެ ޤަވާއިދު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީގެ އެރިޕޯޓަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ، ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.

އެގޮތުން، ސަރުކާރާއި އެމްޑީޕީގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ މަސްވެރިކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ހެދުމުގައި ޒަހާ ވަހީދު އިހުމާލުވެފައިވާ ކަަމަށާއި މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ބައެއް މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ. އިސްތިއުފާ ނުދެއްވާނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީން މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދުމަށް ލާޒިމު ކޮށްފައިވާ ގިނަ ޤަވާއިދު ތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނުނިމި ވާކަން ކޮމެޓީއަށް ފާހަގަ ކުރެވިފައިވާތީ އެވެ. އެ ޤަވާއިދުތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ޤާނޫނުގައި ބުނެފައި ވެއެވެ.

މަސްވެރިކަމުގެ ޤާނޫނުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤަނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރެއްވުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން، މިއަދާ ހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާތީ، މިނިސްޓަރ ޒަހާ ވަހީދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށް ކޮމެޓީގެ ނިންމުމުގައި ވެއެވެ. ކޮމެޓީން މިގޮތަށް ނިންމާފައި ވަނީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މި މައްސަލަ ކޮމެޓީން ދިރާސާ ކުރަމުންދިޔައިރު، ކޮމެޓީގެ ބައްދަލުވުމަށް މައުލޫމާތު ދެއްވުމަށް ކޮމެޓީއަށް ވަޑައިގެންނެވުމަށް އެދުމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ކޮމެޓީ އަށް ވަޑައިގަންނަވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ޚާއްްޞަކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް މަޖިލީހުގެ ބައެއް ޖަލްސާތަކުގައި މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މަސްވެރިކަމާ ބެހޭ ތިން ޤަރާރެއް ހުށަހަޅާފައި ވެއެވެ. އަދި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް، ޚާއްޞަ ވަޢުދު ތަކަކާއެކު އެކުލަވާލެވުނު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، ސަރުކާރުގެ ކަމާބެހޭ މިނިސްޓަރުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވާ، ބައެއް މެންބަރުން މިނިސްޓަރ ޒަހާ ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެސް ވެއެވެ.

އެމްޑީޕީގެ "އެޖެންޑާ 19"ގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ. އަދި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ވެސް މިކަންކަން ހިމެނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް