Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތަކުގެ މުއްދަތު އިތުރުކުރުން

ގާނޫނު އަސާސީ ގައި އިންތިގާލީ މާއްދާ އެއް ހިމަނުމަށް ކޮމިޓީން ފާސްކޮށްފި

ކައުންސިލަރުން އަމަލުކުރާނެ ގޮތުގެ ގާނުނެއް ހެދުމަށް ވެސް ކޮމިޓީން ފާސްކުރެވުނު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 މެއި 2020 | ހުކުރު 21:06
ރައްޔިތުންގެ މަޖިލީހުން މީގެކުރިން ކުރިޔަށް ގެންގޮސްފައިވާ ޖަލްސާ އެއް

ރައްޔިތުންގެ މަޖިލީހުން މީގެކުރިން ކުރިޔަށް ގެންގޮސްފައިވާ ޖަލްސާ އެއް

އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހަށް މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރު އައު މެމްބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ ކައުންސިލް އިންތިޚާބެއް ބާއްވާ ކައުންސިލްތަކަށް މީހުން އައްޔަނުކުރެވެންދެން މިހާރު އޮތް ކައުންސިލްތަކުގައި ތިބި މެމްބަރުން އެ މަގާމުގައި ދެމިތިބޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސްކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމެވެ. މި ބިލްގެ ބަހުސް މަރުހަލާގައި މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރެވޭނެތޯ މެމްބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިލަފާގައި ވަނީ ވަނީ ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި މި މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ރައުޔުގައި ވިދާޅުވެފައި ވެއެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިބިލްގެ ބަހުސްކުރިޔަށް ގެންދަވާފަ އެވެ. އަދި މިމައްސަލަ ކުރިޔަށް ގެންދިޔުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ 231 ވަނަ މާއްދާ އަށް (ޅ) އަދި (ކ) އިތުރު ކުރުމަށެވެ. އެގޮތުން (ޅ) ގައި ބުނެފައިވަނީ 3 ޖޫން 2017 ގައި އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތކާއި ސިޓީ ކައުްނސިލްތަކުގެ އުމުރު ހަމަވާއިރު އެކައުންސިލްތަކަށް އައު މެމްބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވާ އެކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެމްވަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ އަދި މަގާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެމީހެއްގެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި )ކ) ގައި ބުނެފައިވަނީ މިމާއްދާގެ (ޅ) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަގާމުގައި ދެމި ތިވޭ ކައުންސިލްތަކުގެ މެމްބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެމްބަރުން އަމަލުކުރާނީ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.

މިއިސްލާހާއެކު މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓް ވަނީ 63 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. މި މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސް މިކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހުގެ 11 ޖަހާއިރު ޖަލްސާ އެއް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު