Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ލޮކްޑައުން ކުުރުން

ލޮކްޑައުންގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ މައްސަކްތަތް ކުރުމަށް ހުއްދަ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ހުއްދައަށް އެދެން ޖެހޭނީ ފަސޭހަ ޕޯޓަލް މެދުވެރިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މެއި 2020 | ހުކުރު 20:43
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު؛ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9ން ހަވިރު 5ށް

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު؛ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9ން ހަވިރު 5ށް

މާލޭ ސިޓީގެ ލޮކްޑައުންގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމަށް އެދި ފުރުސަތު ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގެ ލޮކްޑައުންގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާގޮތަށް ހަމަޖެހިފައިވާތީ، އެފަދަ ފަރާތްތަކުން ހުކުރު ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލަށް މިކަމަށް އެދި ހުށަހަޅާނީ މާލޭ ސިޓީކައުންސިލްގެ ވެބްސައިޓް ގައި މިކަމަށް ޚާއްޞަކުރެވިފައިވާ ފަސޭހަ ޕޯޓަލް މެދުވެރިކޮށް ކަމަށް ސިޓީި ކައުންސިލުން ބުނެ އެވެ.

ލިންކް:https://faseyhagulhun.malecity.gov.mv/permit

ސިޓީ ކައުންސިލުން ބުނީ މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ކަމާބެހޭ ހުރިހާ މައުލޫމާތު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު އެނގޭނެ ކަރުދާހެއް ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ހުއްދަ ހޯދުމަށް ލިސްޓްތައް ފޮނުވުމާ އަދި ކަމާބެހޭ ގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ހިންގާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00ން ހަވީރު 05:00ށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނީ މިގަޑިތަކުގެ ފަހުން ހުށަހަޅާ ފަރާތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތްތައް ހިނގާނީ ޖެހިގެން އަންނަ ދުވަހު ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި ކަމަށެވެ. އަދި ކައުންސިލަށް ހުށަހަޅާ ފަރާތްތަކަށް ހުއްދަ ދޫކުރާނީ ފުލުހުން ކަމަށެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3306719 ނަމްބަރ އަށް ހެނދުނު 09:00ން ހަވީރު 05:00ށް ދެމެދުގަ އެވެ.

ލޮކްޑައުންގެ ޙާލަތަށް އައި ބަދަލުތަކާގުޅިގެން މި ހުއްދަތަށް ދިނުމަށް ސިޓީ ކައުންސިލަށް ހުށަހެޅިއަސް ކުރިން ފުލުހުން ދޫކޮށްފައިވާ ހުއްދަތަށް އަދި ބާޠިލް ނުވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު