Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިން ކުއްޖަކު ނިޔާވި މައްސަލަ

އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި 2 މައްސަލައަކާ، އޭޑީކޭގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ބަލަން ހުށަހަޅައިފި

28 މެއި 2020 | ބުރާސްފަތި 19:20

އޭގެތެރޭގައި ހިމެނެނީ ތިއްޑޫ މާބަނޑު އަންހެނެއްގެ ބަނޑަށް ކުއްޖަކު ނިޔާވި މައްސަލަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 28 މެއި 2020 | ބުރާސްފަތި 19:20
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި 2 މައްސަލައަކީ، އޭޑީކޭގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ތަހުޤީޤް ކޮށްދިނުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި 2 މައްސަލައިގެ ތެރޭގައި ހިމެނެނީ މެއި މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫ މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އަދި ތޮއްޑޫގައި މާބަނޑު މީހާއަށް ފަރުވާލިބޭނެ ގޮތެއް ނުވެ ދަރިފުޅު ބަނޑަށް ނިޔާވި ކަމަށް ބުނާ މައްސަލައެކެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން މެއި މަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫ މާބަނޑު އަންހެނަކު ވިހަންދާނެ ހޮސްޕިޓަލެއް ހަމަނުޖެހި، ފުނަދޫ ހޮސްޕިޓަލުން އޭނާ ވިހެއިމަށް ގެންދަން ހުއްދަ ނުލިބި އެންމެ ފަހުން މިލަންދޫއިން އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލާ ހަމައަށް ގެންދެވުނުއިރު ދަރިފުޅު ނިޔާވިކަމަށް ބުނާ މައްސަލައެކެވެ.

އެ ދެ މައްސަލައިގެ އިތުރުން މެއި މަހުގެ 22 ވަނަ ދުވަހު ބަލިވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މަހުގެ ކުއްޖާ ނިޔާވެފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެގެން ކަމަށް އެކުއްޖާގެ ޢާއިލާއިން ތުހުމަތުކޮށްފައި ވެއެވެ.

އެ ތިން މައްސަލަ ތަހުޤީޤް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މެއި މަހުގެ ތެރޭގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ދެ ޙާދިސާއަކާއި އަދި އޭޑީކޭހޮސްޕިޓަލްގައި ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ހަތަރުމަހުގެ ތުއްތު ކުއްޖަކު ނިޔާވި ހިތާމަވެރި ޙާދިސާތައް ވަނީ ހިނގާފައި ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ތަހުޤީޤްކޮށްދިނުމަށް އެދޭކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް